އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރުކޮށްފި

ގއ. ވިލިނގިލި --

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި ވިލިނގިލިން ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާ 18 އަހަރުގެ މީހެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެ މީހުންގެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ރޭގެ ވަގުތެއްގައި ކަމަށާއި އެމީހުން ހައްޔަރުކޮށްފައިވަނީ ވެސް ރޭގެ ވަގުތެއްގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް