ރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަންއާއި އޭޝިއަން ނެޓްބޯލް ފެޑަރޭޝަން (އޭއެންއެފް) އާ ގުޅިިގެން ނެޓްބޯޅަ އަމްޕަޔަރުން ކޭމްޕެއް އަންނަ ފެބްރުއަރީ މަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނެޓްބޯޅަ އެސޯސިއޭޝަންއިން ބުނެފިއެވެ.
އަންނަ ފެބްރުއަރީ 15 އިން 18 އަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕުގެ މަގުސަދަކީ ނެޓްބޯޅައިގެ ގަވާއިދު ގިނަ ބަޔަކަށް އޮޅުންފިލުވައިދިނުން ކަމަށް ނެޓްބޯލް އެސޯސިއޭޝަނުން ބުނެއެވެ. އަދި ނެޓުބޯޅައަށް ޝައުގުވެރިވާ އެންމެނަށްވެސް ހުޅުވާލެވިގެން ބާއްވާ ކޭމްޕްގައި ބައިވެރިވާން ބޭނުންވާ މީހުން އެ އިދާރާއަށް ތަފްސީލް ފޮނުވުމަށްވެސް ނެޓްބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.

އޭޝިއަން ނެޓްބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ނެޓްބޯޅަ ޓީމު --- ފޮޓޯ/ ނެޓްބޯލް އެސޯސިއޭޝަން
މިދިޔަ އަހަރަކީ ނެޓްބޯޅަ އެސޯސިއޭޝަންގެ ހަރަކާތްތައް ގިނަ ހަފްތާއެކެވެ. އެގޮތުން އިންޓަ އޮފީސް އަންހެން އަދި ފިރިހެން ޑިވިޝަންގެ މުބާރާތުގެ އިތުރުން 21 އަހަރުން ދަށުގެ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައިވެސް ރާއްޖޭގެ ޓީމުވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރު ނެޓްބޯޅަ އެސޯސިއޭޝަނުންވަނީ އިންޓަ ކޮލެޖު ނެޓްބޯޅަ މުބާރާތްވެސް ބާއްވާފައެވެ.