އއ. ރަސްދޫގައި ދެ މީހަކު ދެމެދުގައި ހިންގި މާރާމާރީ އަކާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރަސްދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން 24 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް އެ ރަށު ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން އެކަކަށް އަނިޔާވެގެން، ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މާރާމާރީގައި ޒަހަމްވެފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓަކަށެވެ. އަދި އޭނާ އަށް ހަމަލާދީފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ.