ޓްރަމްޕު ޓަވަރުގައި އަލިފާން ރޯވެއްޖެ

ޓްރަމްޕު ޓަވަރުގައި އަލިފާން ރޯވެފައި--

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުންފުނި ކަމަށްވާ ޓްރަމްޕް އޮގަނައިޒޭޝަންގެ މައި ހެޑްކުއާޓާ ކަމަށްވާ "ޓްރަމްޕް ޓަވަރު"ގައި އަލިފާން ރޯވެއްޖެއެވެ.

ޓްރަމްޕް ޓަވަރުގައި އަލިފާން ރޯވެފައިވާ ކަމުގެ ހަބަރު ލިބުމާއެކު ނިއުޔޯކްގެ އަލިފާން ނިއްވާ ޑިޕާޓްމެންޓުން ވަނީ އެތަނަށް ގޮސް އަލިފާން ނިންވުމުގެ މަސައްކަތް ފަށާފައެވެ.

ޓްރަމްޕު ޓަވަރުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރަނީ --- ފޮޓޯ: އޭޕީ

އޮފިޝަލުން ވިދާޅުވާގޮތުގައި ޓްރަމްޕު ޓަވަރުގައި އަލިފާން ރޯވީ ފުރާޅުގައެވެ. އަދި ރޯވެފައިވާ ކަރަންޓު ސޯޓެއް ވެގެން ކަމަށާއި ކުޑަ ކޮށް ރޯވި އެ އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ. ނަމަވެސް އަދިވެސް އިމާރާތުން ދުން އަރަމުންދާ ކަމަމަށް އޮފިޝަލުން ބުނެއެވެ.

ރޯވި އަލިފާންގަނޑުގެ ސަބަބުން އިމާރާތުގެ މަތީ ފަންގިފިލާތަކުގައި ހުރި ބައެއް ތަންތަނަށް ވަނީ ގެއްލުން ލިބިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އަދި އެއްވެސް މީހަކު އެ އިމާރާތުން ނެރެފައިވާކަމުގެ މައުލޫމާތު އަދި ލިބިފައެއްނުވެއެވެ.

ޓްރަމްޕު ޓަވަރުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރަނީ --- ފޮޓޯ: އޭޕީ

އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް 84 އަލިފާން ނިންމާ މީހުން ވަނީ ހަރަކާތްތެރި ވެފައެވެ.

އެ ޓަވަރަކީ އެތައް ވިރަފާރިއެއް ހިންގާ އެއްތަ ބަޔަކު ދިރިއުޅޭ އިމާރާތެކެވެ. ޓްރަމްޕްގެ ގެކޮޅެއް އެ ޓަވަރުގައި ހުންނައިރު އަލިފާނުގެ ހާދިސާ ހިނގި ވަގުތު އޭނާ ހުންނެވީ ވައިޓު ހައުސްގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް