އިންޑިއާ ކައިރީ އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން ހަވީރު 4:29 ހާއިރުއެވެ.
ރާއްޖެއާއި 2100 ކިލޯމީޓަރު ދުރުގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިން އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 5.4 ގެ ބާރުމިނުގައެވެ.
ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ބިންހެލުން އައިސްފައިވަނީ ބިމުގެ 23 ކިލޯމީޓަރު އަޑިންނެވެ.