ނަޒާހަތްތެރިކަމާއެކު ކަސްޓަމްސް ބްރޯކަރުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ކޮމިޝަނާ ޖެނެރަލް އިލްތިމާސްކުރައްވައިފި

ކަސްޓަމްސް ބްރޯކާ ކޯހުގެ 8 ވަނަ ބެޗް ފުރިހަމަކޮށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ކަސްޓަމްސް

ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު ކަސްޓަމްސް ބްރޯކަރުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ޝަރީފް މިގޮތަށް އިލްތިމާސްކުރެއްވީ ކަސްޓަމްސްގެ އެކަޑަމީއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރަށް ފަރުމާކޮށްގެން ހިންގި ކަސްޓަމްސް ބްރޯކާ ކޯހުގެ އަށްވަނަ ބެޗުގެ ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔތުގައި އޭނާ ވިދާޅުވީ ކަސްޓަމްސް ބްރޯކަރުންނަކީ ދުނިޔޭގެ ކަސްޓަމްސްގެ ޖަމްއިއްޔާ އިން ވެސް ވަރަށް އިހުތިރާމާއެކު ބަލައިގަންނަބައެއް ކަމަށެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ވިޔަފާރީގެ މާހައުލެއް ގާއިމުކުރުމުގައި ބްރޯކަރުންގެ ދައުރުގެ މުހިއްމުކަން ކޮމިޝަނާ ޖެނެރަލް ފާހަގަ ކުރެއްވިއެވެ.

ކަސްޓަމްސް ބްރޯކާ ކޯހުގެ އަށް ވަނަ ބެޗް ފުރިހަމަކޮށް 14 ބައިވެރިއަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

comment ކޮމެންޓް