ޗައިނާގެ ސިޓީއެއް ތަރައްގީއަށް ކުރި ދަތުރުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއް ބާއްވައިފި

ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއެމްޕީއާރްސީ

ޗައިނާގެ ސިޓީއެއް ކަމަށްވާ ޝެންޒެން ތަރައްގީ އަށް ކުރި ދަތުރުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއް މާލޭގައި ބާއްވައިފިއެވެ.

ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދިޔަ މި މައުރަޒަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ ގުޅިގެން ބޭއްވި މައުރަޒެކެވެ. މައުރަޒު ހުޅުއްވައި ދެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަފީރު ޔޫ ހޮންގްޔާއޯ އެވެ. އެ ހަފްލާގައި އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތައް ބައިވެރިވެލެއްވިއެވެ.

ފޮޓޯ މައުރަޒުގައި ހުރި ފޮޓޯތަކުން ޝެންޒެން ސިޓީއަށް ތަރައްގީ އައި ގޮތް ފެނިގެން ދެއެވެ.

މައުރަޒުގައި ދައްކާލާފައިވަނީ ޗައިނާގެ މަޝްހޫރު ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތަކެވެ.

މައުރަޒުގެ ކުރިން ޗައިނާގެެ ވަފުދެއް ވަނީ އެމްއެމްޕީއާރްސީ އަށް ޒިޔާރަތްކޮށް، ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް