މިރޭ ފުރަން ތައްޔާރުވި އެއާއޭޝިޔާ ފްލައިޓެއް ފަސިންޖަރުންވެސް އެރި ފަހުން ކެންސަލްކޮށްފި

ތައި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓު ވެލާނާ އެއާޕޯޓުގައި ---- ފޮޓޯ/ އެމްއޭސީއެލް

މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު އެއާ އޭޝިޔާގެ ފްލައިޓެއް ފަހުވަގުތު ކެންސަލް ކުރުމުން އެއިން ދަތުރުކުރަން ތިބި ގިނަ އަދެދެއްގެ ފަސިންޖަރުންނަށް ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.

މިރޭ 20:55 ހާއިރު ފުރަން އޮތް އެ ފްލައިޓް ކެންސަލްވީ ފަސިންޖަރުން އެރުވިތާ އެތައް އިރެއް ފަހުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެއާ އޭޝިޔާގެ ފްލައިޓެއް މިރޭ ނުފުރި ކެންސަލް ކުރަން ޖެހުނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ބޯޓަށް ދިމާވީ ސީދާ ކޮން މައްސަލައެއް ކަމެއް އެ އޮފިޝަލު ސާފެއް ނުކޮށްދެއެވެ.

އެއާ އޭޝިޔާގެ ފްލައިޓް ނުފުރި ކެންސަލް ކުރަން ޖެހުނުއިރު ރޭ ވަނީ މޯލްޑިވިއަންގެ ފްލައިޓެއްވެސް ކެންސަލްކޮށްފައެވެ. އެ ފްލައިޓް ކެންސަލް ކުރީ އެއާޕޯޓްގެ ރަންވޭގެ މަރާމާތު މަސައްކަތަކާ ގުޅިގެންނެވެ.

comment ކޮމެންޓް