މާރުކޭޓު ގޮޅިތައް ހުސްކުރުމަށް އިތުރު މުހުލަތެއް

ދަތުރުވެރިންގެ މާރުކޭޓް: ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް ދިން މުހުލަތު އަނެއްކާވެސް ވަނީ އިތުރުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް ހައުސިން މިނިސްޓްރީން ދިން މުހުލަތު، އަނެއްކާވެސް އެއް މަސް ދުވަހަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި މުއްދަތު ހަމަވެގެން ހުސްކުރަން އަންގާފައިވާ ގޮޅިތައް ހުސްކުރަން އިއްޔެގެ ނިޔަލަށް މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ އެންގުމުގައި ބުނެފައިވަނީ، އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން އިއްޔެއާ ހަމައަށް ދީފައިވާ މުހުލަތު، އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި ޖެނުއަރީ 28 ގެ ފަހުން އެއްވެސް މުދަލެއް ގޮޅީގައި ހުރި ނަމަ، އެ މުދަލެއް ހައުސިންގ މިނިސްޓްރީން ނަގައި، ގޮޅި ހުސްކުރާނެ ކަމަށާއި، މުދާތައް ނެގުމާއި ގެންދިއުމުގައި ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މުދާތައް ނަގާތާ 12 ގަޑިއިރުގެ ތެރޭގައި އެތަކެއްޗާ ހަވާލުނުވެއްޖެ ނަމަ، ކުނީގެ ގޮތުގައި އެތަކެތި ނައްތާލެވޭނެކަމަށް ހައުސިންގް މިނިސްޓްރީގެ އެންގުމުގައި ވެއެވެ.

comment ކޮމެންޓް