ފުވައްމުލަކު ތުނޑިން މިނިކަށިތަކެއް ފެނިއްޖެ

ފުވައްމުލަކުން މިއަދު ފެނުނު، އިންސާނެއްގެ ބޮލުގެ ނާށިގަނޑާއި ދަތްތަކެއް ކަމަށް ބެލެވޭ އެއްޗެހިތައް-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ޏ. ފުވައްމުލައް ސިޓީގެ ތުނޑިން މިނިކަށިތަކެއް ފެނިއްޖެއެވެ.

ފުވައްމުލަކު ތުނޑިން މިނިކަށިތައް މިއަދު ފެނުނީ، އެސަރަހައްދަށް ކުޅެން ގޮސް އުޅުނު ޒުވާނުންތަކަކަށެވެ. "ސަން"އާ ވާހަކަދައްކަމުން މަންޒަރު ފެނުނު މީހަކު ބުނީ އެސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވި ކަމަށެވެ.

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަނީ، އިންސާނެއްގެ ބޮލުގެ ނާށިގަނޑާއި ދަތްތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެކެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް "ސަން"އަށް ވިދާޅުވީ އެސަރަހައްދުން އިންސާނުންގެ ކަށިގަނޑުތައް ފެނުމަކީ އާންމުކަމެއް ކަމަށެވެ.

ފުވައްމުލަކުން މިނިކަށިތަކެއް ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: ކިޔުންތެރިއެއް

"ވަރަށް ކުރީ ޒަމާނުގައި އެހިސާބުގައި މީހުން ވަޅުލައި އުޅުނުކަމަށް ބެލެވެނީ. މި ދިޔަވަރުގައި، ފަސްގަނޑު ފައިބައިގެންދާ އިރު އެގޮތަށް ކަށިތައް ފެނުމަކީ އާންމު ކަމެއް،" މޭޔަރު ފަލާހު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް