ޏ. އަތޮޅު ހޮސްޕިޓަލުގައިި ކުރިއަށްދާ ހިތާނީ ކެމްޕޭނުގައި ހިތާނުކުރި ކޮންމެ ކުއްޖަކަށް އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ޚާއްސަ ހަދިޔާއެއްދޭން ފަށައިފިއެވެ.
އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު "ސަން" އަށް ވިދާޅުވީ މިއަހަރު އެ ހޮސްޕިޓަލުން ކުރިއަށް ގެންދާ ހިތާނީ ކެމްޕޭނުގައި 58 ކުއްޖަކު ބައިވެރިވާ ކަމަށެވެ.
މިމަހުގެ އަށަކުން ފެށިގެން މަސް ނިމެންދެން ކުރިއަށްދާ ހިތާނީ ކެމްޕޭނަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގައިި ކުރިއަށްގެންދާ ހިތާނީ ކެމްޕޭނުގެ ތެރެއިން ---
ފަރުޒާދު ވިދާޅުވިގޮތުގައި އެ ހިތާނި ކެމްޕޭނުގައި އެއްފަހަރާ 10 ކުދިން ހިތާނުކޮށްފައި ބޭއްވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި މަހުގެ 13 ވަނަ ދުވަހު ސަދަގާތު ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހިތަނީ ފެސްޓިވަލްގައި ހިތާނުކުރި ކޮންމެ ކުއްޖަކަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ ޚާއްސަ ހަދިޔާއެއްގެ ގޮތުން ޓެބްލެޓެއް ދެއްވައިފިއެވެ.
ސަދަގާތު ފައުންޑޭޝަނުން ކުރިއަށްގެންދާ ހިތާނީ ފެސްޓިވަލުގައި 500 ކުދިން ހިތާނު ކުރުމަށް ހަމަޖެހިފައި ވެއެެވެ.