ހަތް އަތޮޅަކަށް ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރު ކޮށްފި

މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އޮފީހުން އާދީއްތަ ދުވަހުގެ ރޭ 21:00 އިން ފެށިގެން މެންދަމު 00.00 އާ ހަމައަށް ރާއްޖޭގެ ހަތް އަތޮޅަކަށް ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

ރ. އަތޮޅާއި މ. އަތޮޅާ ދެމެދުގައި ހިމެނޭ ބ، ޅ، ކ، އ، ވ، އަށް މިރޭ 00:00 އަށް ނެރެފައިވާ ޔެލޯ އެލާޓް މިރޭ ފަތިހު 04:00 ހަމައަށް މެޓް އޮފީހުން ވަނީ އިތުރު ކޮށްފައެވެ.

މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި 45 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާއާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ވަނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް