އަނަސް މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މުހައްމަދު އަނަސް މަރާލާފައި ---

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރުފަހު 1:00 އަށެވެ.

މީގެކުރިން ބޭއްވި އެމައްސަލައިގެ އަޑުއެހުމުގައި ވަނީ ގާނޫނީ ވަކީލުން ހަމަޖައްސާފައިނުވާ މީހުންނަށް ވަކީލަކު ހަމަޖައްސަން ފުރުސަތުދީފައެވެ.

އަނަސް މަރާލާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 9:15 އެހައިކަންހާއިރު ސައިކަލްތަކެއްގައި މޫނުނިވާކޮށްގެން ތިބި ބަޔަކު ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށްވަދެއެވެ.

ގަސްތުގައި މަރާލި ކަމުގެ ދައުވާ ލިބޭ މީހުން

  • އުސްމާން ޝަރީފް، މ. ދިމިޝްގް
  • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ
  • އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ

މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މީހުން

  • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
  • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވިލާ
  • ސިމާހު މޫސާ، ދަފްތަރު 1746
  • މުހައްމަދު ޝާޒް، ތ. ކިނބިދޫ، ގުލްފާމްގެ

އަނަސް މަރާލިކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް