އޭޝިއާގެ އެންމެ ރީތި ފިރިހެނަކި ޝާހިދު ކަޕޫރު!

ޝާހިދު ކަޕޫރު. އޭޝިއާގެ އެންމެ ރީތި ފިރިހެނަކީ ޝާހިދު

އޭޝިއާގެ އެންމެ ރީތި ފިރިހެނުންގެ ލިސްޓުގެ އެއްވަނަ، ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރަށް ލިބިއްޖެއެވެ.

އާންމުންގެ ވޯޓުން އެކުލަވާލާ މި ލިސްޓުގެ އެއްވަނަ ޝާހިދަށް ލިބުމުން އޭނާ ވަނީ ފޭނުންނަށާއި އޭނާއަށް ވޯޓު ދިން އެންމެންނަށް ޝުކުރު އަދާކޮށްް ޓްވީޓެއްވެސް ކޮށްފައެވެ.

ޝާހިދު ކަޕޫރު---

އޭޝިއާގެ ދެވަނައަށް އެންމެ ރީތި ފިރިހެނަކަށް ހޮވިފައިވަނީ ވެސް ބޮލީވުޑްގެ ފަންނާނެކެވެ. މި ލިސްތުގެ ދެވަނައަށް ރިތިކް ރޯޝަންގެ ނަން އެރި މިއީ ތިންވަނަ ފަހަރެވެ.

ޒޭން މަލިކް. އޭނާ އަކީ 2016 ވަނަ އަހަރު އޭޝިއާގެ އެންމެ ރީތި ފިރިހެނާ

ލިސްޓުގެ ތިންވަނަ ލިބެނީ މިދިޔަ އަހަރު މި ލިސްޓުން އެއްވަނަ ހޯދި ޒޭން މަލިކަށެވެ. ޕާކިސްތާނު އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ މި ލަވަކިޔުންތެރިޔާގެ ފަހަތުން ހަތަރު ވަނަ ލިބެނީ ހިންދީ ސީރީޒްތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ވިވިއަން ޑިސީނާ އެވެ. ފަސް ވަނަ ލިބުނީ ވެސް ހިންދީ ސީރީޒް ތަކުން ފެންނަ މޫނަކަށެވެ. އެއީ އާޝިޝް ޝަރުމާއެވެ.

ފަވާދު ޚާން ---

އޭޝިއާގެ އެންމެ ރީތި ފިރިހެނުންގެ ލިސްޓުގެ ހަ ވަނަ ލިބުނީ ފަވާދް ހާން އަށެވެ. ލިސްޓުގެ ގަދަ ފަހެއްގައި އޭނާ ލައްވާނުލުމުންބައެއް އަންހެނުން ވަނީ މާޔޫސްވެފައެވެ.

މީގެ އިތުރުން ސަލްމާން ޚާނާއި ރަންވީރް ސިންގް، ޝާހުރުކް ޚާން އަދި ގުރްމީތް ޗޯދަރީ އާއި ޔޭ ރިޝްތާ ކިޔާ ކެހެނާތާ އިން އާންމުންގެ މަގުބޫލު ކަން ހޯދި މުހުސިން ހާން ވެސް ވަނީ އެ ލިސްޓުގައި ހިމެނިފައެވެ. އަދި ދާދިފަހުން ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާ ކައިވެނިި ކުރި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ވެސް ވަނީ އޭޝިއާގެ އެންމެ ރީތި ފިރިހެނުންގެ ލިސްޓުން ޖާގަ ހޯދައިފައެވެ.

comment ކޮމެންޓް