ގާނޫނީ ވަކީލު މަހުފޫޒު ޝަރީއަތްތަކަށް ނުވައްދަން ހުރިހާ ކޯޓުތަކަށް އަންގައިފި

ގާނޫނީ ވަކީލު މަހުފޫޒު ސައީދު --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުން ސަސްޕެންޑުކޮށްފައިވާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ޝަރީއަތުގެ އެއްވެސް އަޑުއެހުމަކަށް ނުވައްދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންގައިފިއެވެ.

ޑީޖޭއޭ އިން ހުރިހާ ކޯޓުތަކަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އެގޮތަށް އަންގަންޖެހުނީ ޝަރުއީ ދާއިރާގެ ޓްރައިބިއުނަލްތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން މަހުފޫޒަށް ވަގުތީގޮތުން މަނާކޮށްފައިވާތީ ކަމަށެވެ.

ގާނޫނީ ވަކީލުންގެ ގަވާއިދާއި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމުމާ ބެހޭ ގަވާއިދާ ޚިލާފް އަމަލުތައް ތަކުރާރުކޮށް އޭނާ ކުރަމުންގެންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.

ދައުވާ ކުރާ ފަރާތެއްގެ ގޮތުގައި މަހުފޫޒު ހިމެނޭ މައްސަލައެއް ފިޔަވައި އެހެން އެއްވެސް މައްސަލައެއްގައި ދައުވާ ކުރާ ނުވަތަ ދައުވާ ލިބޭ އެއްވެސް ފަރާތެއްގެ ބަދަލުގެގޮތުގައި ޝަރުއީ ކޯޓުތަކަށާއި ޓްރައިބިއުނަލްތަކުން ބަލައިނުގަތުމަށާއި ޝަރުއީ ކޯޓެއްގައި ހިނގަމުންގެންދާ އެއްވެސް މައްސަލައެއްގެ އަޑުއެހުމަށް އޭނާ ނުވައްދަން ނިންމާފައިވާ ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.

comment ކޮމެންޓް