އެމެރިކާގެ ހެލިކޮޕްޓަރެއްގެ ބައެއް ޖަޕާނުގެ ސްކޫލެއް ތެރެއަށް ވެއްޓިއްޖެ

ޖަޕާނުގެ ސްކޫލެއް ތެރެއަށް ވެއްޓުނު ކުޑަދޮރަކީ ސީއެޗް-53އީ މަރުކާގެ ހެލިކޮޕްޓަރެއްގެ ކުޑަދޮރެއް -- ފޮޓޯ: ރޮއިޓާސް

އޮކިނާވާ (ޑިސެމްބަރު 13): އެމެރިކާ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއްގެ ކުޑަދޮރެއް ޖަޕާނުގެ އޮކިނާވާގެ ސްކޫލެއް ތެރެއަށް އިއްޔެ ވެއްޓިއްޖެ އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އޮކިނާވާގައި ހުންނަ އެ ގައުމުގެ ވައިގެ މަރުކަޒެއް ކައިރީ ހުންނަ ސްކޫލަކަށް ވެއްޓުނީ ސީއެޗް-53އީ މަރުކާގެ ހެލިކޮޕްޓަރެއްގެ ކުޑަދޮރެކެވެ. އަދި އެމެރިކާ އިން ދަނީ ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރަމުން ކަމަށް އެބަޔާނުގައިވެ އެވެ.

ޖަޕާނުގެ ކިޔޯދޯ ނޫހުން ބުނި ގޮތުގައި އެ ހާދިސާގައި ސްކޫލުގެ ފިރިހެން ދަރިވަރަކަށް އަނިޔާވެފައިވެ އެވެ.

އޮކިނާވާއަކީ ޖަޕާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެންމެ ގިނަ އަދަދަކަށް ދިރިއުޅޭ ރަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެ ރަށުގައި ހިނގާފައިވާ އެމެރިކާގެ ސިފައިންނާ ގުޅުން ހުރި އެކްސިޑެންޓުތަކާ ގުޅިގެން އޮކިނާވާގެ ރައްޔިތުން ވަނީ އެ ރަށުގައި ދިރިއުޅޭ އެމެރިކާ ސިފައިންނާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް