ޗައިނާ އަށް ނުވާ ނަމަ އެމެރިކާއަށް އުތުރު ކޮރެއާ "މައިތިރި ކުރެވޭނެ": އެމެރިކާގެ ސަފީރު

އެެމެރިކާއިން އދ. އަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ނިކީ ހާލޭ. ޗައިނާއިން އުތުރުކޮރެއާ " މައިތިރި" ކުރަން އިތުރު މަސައްކަތް ނުކުރާނަމަަ އެމެރިކާއިން އެކަން ކުރާނެ ކަމަށް ނިކީ ވިދާޅުވި--

ވޮޝިންގްޓަން (11 ޑިސެމްބަރު) : ޗައިނާ އިން އުތުރުކޮރެއާ "މައިތިރި" ކުރަން އިތުރު މަސައްކަތް ނުކުރާ ނަމަ އެމެރިކާ އިން އެކަން ކުރާނެ ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހާލޭ ވިދާޅުވެއްޖެ އެވެ.

ފޮކްސްނިއުސް އަށް އާދިއްތަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ނިކީ ވިދާޅުވީ އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކުލިއާ ޕްރޮގްރާމް ހުއްޓުވުމުގައި ބައިނަލަގްވާމީ ދުނިޔެއާ ގުޅިގެން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ އެމެރިކާ އިން ކަމަށެވެ. އެހެން ނަމަވެސް ޗައިނާ އަށް އެކަމުގައި އެމެރިކާ އަށް މާފުރިހަމަ ދައުރެއް އަދާކުރެވިދާނެ ކަމަށް ނިކީ ވިދާލުވި އެވެ.

"އެމެރިކާ އިން ދަނީ ކޮރެއާ މައިތިރިކުރަން އެޅެން ހުރި ފިޔަވަޅުތައް އަޅަމުން. އެންމެ ފަހުން ޗައިނާ އިން ކޮރެއާ އަށް ތެޔޮފޯރުކޮށްދިނުން ހުއްޓާލުމުން ކޮރެއާ އިން މަޝްވަރާގެ މޭޒަށް އަންނަން ޖެހުނު. ޗައިނާ އަށް އެންގިން ކޮރެއާއާ ދެކޮޅަށް އިތުރު ފިޔަވަޅުއެޅުމަށް. އެކަން ނުކުރާނަމަ އެމެރިކާ އިން އަމިއްލަ އަށް އެކެން ކުރާނަން. އިތުރަށް އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން،" ނިކީ ވިދާޅުވި އެވެ.

އެމެރިކާ އާއި އުތުރުކޮރެއާ ދެމެދު ކުރާ ހަނގުރާމައެއްގައި އުތުރު ކޮރެއާ މުޅިން ސުންނާފަތި ކޮށްލާނެ ކަމަށް ނިކީ މީގެ ކުރިން ވިދާޅުވެފައިތީވެ، އެއީ ޑިޕްލޮމެޓެއްގެ ބަސްމަގު ހުންނަން ޖެހޭ ގޮތްތޯ އެހުމުން ނިކީ ވިދާޅުވީ އެއީ ކަން އޮތް ހަގީގަތް ކަމަށެވެ.

"އެއީ ކަން އޮތް ހަގީގަތް. އުތުރުކޮރެއާ އިން އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ހަމަލާދީފި ނަމަ އެ ގައުމަށް ހަމަލާދީ ސުންނާފަތި ކޮށްލާނަން. ޑިޕްލޮމަސީ ބައެއް ހާލަތްތަކަށް އެކަށީގެން ނުވިއަސް އެބަޖެހޭ ކަން އޮތްގޮތް ވެސް ހަގީގަތަށް ބުނެދެން. އުތުރުކޮރެއާ އިން އެވަނީ ހައްދުން ނައްޓާފައި." ނިކީ ވިދާޅުވި އެވެ.

އުތުރުކޮރެއާގެ މައްސަލާގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖޭ ލަވްރޯވް ވަނީ އޮސްޓްރިއާގެ ވިއެނާގައި ބުރާސްފަތި ދުވަހު ބޭއްވި އޮގަނައިޒޭޝަން ފޯ ސެކިޔުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕްގެ ބައްދަލުވުމުގައި، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ރެކްސް ޓިލަސަންއާ މަޝްވަރާކުރައްވައިފަ އެވެ.

ލަވްރޯވް އެ ބައްދަލުވުމުގައި ވިދާޅުވީ އުތުރުކޮރެއާ އިން އެމެރިކާއާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށާއި އަދި ރަޝިއާ އިން އެވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކޮށްދޭން ތައްޔާރަށް އޮތް ކަމަށެވެ.

އުތުރު ކޮރެއާ އާއި ދެކުނުކޮރެއާ ދެމެދު 1950ގެ އަހަރުތަކުގައި ކުރި ހަނގުރާމާގައި އެމެރިކާ އިން ބޮން އެޅުމުގެ ސަބަބުން އުތުރުކޮރެއާގެ އާބާދީގެ ގާތްގަނޑަކަށް 30 ޕަސެންޓް މީހުން މަރުވި އެވެ. އެމެރިކާ އިން މިހާރު ވެސް ދޭތެރެދޭތެރެއިން ދެކުނު ކޮރެއާއާ ގުޅިގެން ދަނީ އުތުރުކޮރެއަށް އިންޒާރުދިނުމުގެ ގޮތުން އަސްކަރީ ފަރިތަކުރުންތައް ބާއްވަމުންނެވެ.

އާރުޓީ

comment ކޮމެންޓް