ފައިސާއާއި ޓެކްނޮލޮޖީއާއި ހުނަރާއި އައު އީޖާދުތައް ހިފަހައްޓަން ޗައިނާ ފިޔަވަޅު އަޅާތީ އެމެރިކާ ކަންބޮޑުވަނީ

ވޮޝިންޓަން (21 ޖޫން 2026): ޗައިނާގައި ފައިސާ ނުވަތަ ކެޕިޓަލް އާއި ޓެކްނޮލޮޖީ އަދި އިންސާނީ ޓެލެންޓާއި އައު އީޖާދުތައް ހިފެހެއްޓުމަށް ޗައިނާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަކީ ވިޔަފާރީގެ މިނިވަންކަމަށް ހުރަސްއަޅަން ޗައިނާ ބިނާކުރާ އައު ބޮޑުފާރެއްކަމަށް އެމެރިކާ ސިފަކޮށްފިއެވެ.

އެމެރިކާގެ ބައެއް މަސްއޫލުވެރިންގެ ވިސްނުމަށް ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނާގޮތުން މިއީ އެމެރިކާގެ ފަރާތުން ޗައިނާއަށް ކުރިމަތިވާ އިގްތިސާދީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ޗައިނާ އަޅާ ދަށު ދަރަޖައިގެ ފިޔަވަޅެކެވެ. މިއިން އެނގެނީ އެމެރިކާގެ އިގްތިސާދީ ބާރާމެދު އަދިވެސް ޗައިނާ ޖެހިލުންވާ މިންވަރެވެ.

ވޮޝިންޓަން ޕޯސްޓް ބުނާ ގޮތުން ޗައިނާ މި ފިޔަވަޅު އަޅަނީ އެ ގައުމުގެ ހައިޓެކް ދާއިރާގެ ބޮޑެތި ކުންފުނިތައް އެމެރިކާގައި މާ ބޮޑަށް އިންވެސްޓްކުރާތީ އެކަން ހުއްޓުވުމަށެވެ. އޭގެ ބަދަލުގައި ޗައިނާގައި އިންވެސްޓްކުރުމަށް ބާރުއެޅުމަށެވެ.

މިއީ މިނިވަން ވިޔަފާރިއަށް ހުރަސްއެޅުންކަމުގައި ވޮޝިންޓަން ޕޯސްޓް ސިފަކުރާއިރު އެމެރިކާ ޓެރިފް ކަނޑައަޅައިގެން މިނިވަން ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއަށް ވަނުމަށް އެމެރިކާ ކުރާ މަސައްކަތްތަކަކީ މިނިވަން ވިޔަފާރިއަށް ހުރަސްއެޅުންކަމަށް އެ ނޫހުން ސިފަކޮށްފައެއް ނުވެއެވެ.

ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ޗައިނާއިން މިދިޔަ އަހަރު އެއް ޓްރިލިޔަން ޑޮލަރުގެ ކެޕިޓަލްއެއް އައުޓް ފްލޯ (ބޭރުވެފައި) ވެއެވެ. މިއީ ގައުމުން ގެއްލުނު ބޮޑު ކެޕިޓަލްއެއްކަމަށް ބަލައި ޗައިނާ ވަނީ އެ ގައުމުގެ ފައިސާއާއި ޓެކްނޮލޮޖީ އަދި އިންސާނީ ޓެލެންޓާއި އައު އީޖާދުތައް ހިފެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ޗައިނާގެ މަހުޖަނުންނާއި އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ޗައިނާގެ އެތެރޭގައި ހިފެހެއްޓުމާއި ބޭރަށް ކެޕިޓަލް ދާދިޔުން ލިމިޓް ކުރުމުގެ މައްޗަށެވެ.

ޗައިނާ މި ފިޔަވަޅު އެޅީ އެއް ޓްރިލިޔަން ޑޮލަރުގެ ކެޕިޓަލްއެއް އައުޓް ފްލޯ ވުމުން ޗައިނާގެ އިގްތިސާދަށް ކުޑަ މަޑުޖެހުމެއް އައިކަން ފާހަގަ ވުމާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. މިދެންނެވި ފިޔަވަޅުތަކުގެ ދަށުން ޗައިނާވަނީ ޗައިނާގެ އޭއައި ކުންފުންޏެއް ކަމަށްވާ "މެނޮސް" ގަތުމަށް އެމެރިކާގެ މެޓާ (ފޭސްބުކް) ކުންފުނިން ކުރި މަސައްކަތް ހުއްޓުވާފައެވެ.

އެމެރިކާ ދެކޭގޮތުގައި ޗައިނާގެ މި ފިޔަވަޅަކީ އަލަށް ބޮޑު ފާރެއް ބިނާކުރުންފަދަ ކަމެކެވެ. މިކަމުގެ ސަބަބުން މިނިވަން ވިޔަފާރީގެ ވާދަވެރިކަން ގެއްލިގެންދާނެއެވެ. ނަމަވެސް ޗައިނާ ދެކޭގޮތުގައި މިއީ އޭއައިގެ ދާއިރާގެ މޮނޮޕޮލީ ނެގުމަށް އެމެރިކާ ރޭވުންތެރިކަމާއެކު ކުރަމުން ގެންދާ ކަމެއް ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

ނަމަވެސް "މެނޮސް" ކުންފުނީގެ އޮޕަރޭޝަންގެ ބައެއް ސިންގަޕޫރަށް ބަދަލުކުރަން ކުރި މަސައްކަތް ޗައިނާ ސަރުކާރުން ހުރަސްއަޅާފައެއް ނުވެއެވެ. ޗައިނާ ދެކޭގޮތުގައި އެ ގައުމުން މިނިވަން ވިޔަފާރިއަށް ހުރަހެއް ނާޅައެވެ. އަދި ނުވެސް އަޅާނެއެވެ. އަދި އިންސާނީ ޓެލެންޓާއި އައު އީޖާދުތައް އުފަންވުމުގެ މާހައުލަށް ބުރުއަރާ އެއްވެސް ކަމެއް ޗައިނާއިން ނުކުރާނެއެވެ. އެމެރިކާއަށްވުރެ ޗައިނާގައި ކުރާ އައު އިޖާދުތަކުގެ އަދަދު ގިނަވަމުން ދިޔުމަކީ މިކަމުގެ ހެއްކެއް ކަމަށް ޗައިނާ ދެކެއެވެ.

ޗައިނާއިން އެ ގައުމުގެ ރައުސްމާލާއި، ޓެކްނޮލޮޖީއާއި، އިންސާނީ ވަސީލަތްތައް އަދި އައު އީޖާދުތައް ހިފެހެއްޓުމަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކަކީ މިނިވަން ވިޔަފާރިއަށް ހުރަސްއަޅާ އައު ބޮޑުފާރެއްގެ ގޮތުގައި އެމެރިކާއިން ވަނީ ސިފަކޮށްފިއެވެ. އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން، މިއީ އެމެރިކާގެ ފަރާތުން ކުރިމަތިވާ އިގުތިސާދީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ޗައިނާއިން އަޅާ ފިޔަވަޅުތަކެކެވެ. ފާއިތުވި އަހަރު ޗައިނާއިން ބޭރުވި އެއް ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއެކު، އެ ގައުމުގެ އިގުތިސާދަށް އައި މަޑުޖެހުމަށް ހައްލު ހޯދުމުގެ ގޮތުން ޗައިނާއިން ވަނީ އެތެރޭގެ އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައެވެ. މިގޮތުން، އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނިތައް ގަތުން ހުއްޓުވުމަށް ޗައިނާއިން ވަނީ ހުރަސްއަޅާފައެވެ. ޗައިނާގެ އަމާޒަކީ އެމެރިކާއިން އޭއައި ދާއިރާގައި އުފައްދަން މަސައްކަތްކުރާ މޮނޮޕޮލީ ނިމުމަކަށް ގެނައުމެވެ. އެމެރިކާއިން ޗައިނާގެ އަމަލުތަކަށް ފާޑުކިޔަމުންދާއިރު، ޗައިނާއިން ބުނަނީ އެ ގައުމުން މިނިވަން ވިޔަފާރިއަށާއި އައު އީޖާދުތަކަށް ހުރަސް ނާޅާކަމަށާއި، އަދި އެމެރިކާއަށްވުރެ ޗައިނާގައި އައު އީޖާދުތައް ގިނަވުމަކީ އޭގެ ސާފު ހެއްކެއް ކަމަށެވެ.

  • ޗައިނާގެ ހައިޓެކް ދާއިރާގެ ކުންފުނިތަކުން އެމެރިކާގައި ކުރާ އިންވެސްޓްމަންޓްތައް ހުއްޓުވައި، ގައުމުގެ އެތެރޭގައި އިންވެސްޓްކުރުމަށް ބާރުއެޅުން.
  • ފާއިތުވި އަހަރު ގައުމުން ބޭރުވި އެއް ޓްރިލިއަން ޑޮލަރުގެ ރައުސްމާލުގެ ސަބަބުން އިގުތިސާދަށް އައި ހީނަރުކަން ފޫބެއްދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން.
  • އެމެރިކާގެ މެޓާ ކުންފުނިން ޗައިނާގެ އޭއައި ކުންފުނި މެނޮސް ގަތުމަށް ކުރި މަސައްކަތް ހުއްޓުވައި، އޭއައިގެ މޮނޮޕޮލީ އެމެރިކާއަށް ދިނުމަށް ދެކޮޅުހެދުން.
  • ޗައިނާގެ އަމަލުތަކަކީ ވިޔަފާރީގެ މިނިވަންކަމަށް ހުރަސްއަޅާ ކަމެއްކަމަށް އެމެރިކާއިން ސިފަކުރިއިރު، އެމެރިކާގެ ޓެރިފްތަކަކީވެސް ވިޔަފާރިއަށް އޮތް ހުރަހެއްކަން ފާހަގަވުން.
  • ޗައިނާގެ އިގުތިސާދީ ދިފާއު: ޓެކްނޮލޮޖީއާއި އިންސާނީ ވަސީލަތްތައް ބޭރުވުން ހުއްޓުވުމަށް ޗައިނާއިން ހަރުކަށި ފިޔަވަޅުތަކެއް އެޅުން.
  • އެމެރިކާގެ ކަންބޮޑުވުން: މިއީ މިނިވަން ވިޔަފާރިއަށް ހުރަސްއަޅާ އަމަލެއްކަމަށް އެމެރިކާއިން ތުހުމަތުކުރުން.
  • ޓެކްނޮލޮޖީގެ ވާދަވެރިކަން: އާޓިފިޝަލް އިންޓެލިޖެންސް ފަދަ މުހިންމު ދާއިރާތަކުގައި އެމެރިކާގެ ކޮންޓްރޯލް ކުޑަކުރުމަށް ޗައިނާއިން އިސްކަންދިނުން.
comment ކޮމެންޓް