މައްޗަންގޮޅި ގެއެއްގެ ދެވަނަ ބުރިން ކުއްޖަކު ވެއްޓިއްޖެ

އެކުއްޖާ ހޮސްޕިޓަލަށް ގެންދަނީ --- ސަންފޮޓޯ މުހައްމަދު ސަމާހު

މައްޗަން ގޮޅީ ގެއެއްގެ ދެވަނަ ބުރިން ކުއްޖަކު ވެއްޓި އަނިޔާވެއްޖެ އެވެ.

މއ. ޖަރީވިލާ ގޭގެ ދެވަނަ ބުރިން ކުޑަދޮރުން އެކުއްޖާ ވެއްޓުނު މަންޒަރު 'ސަން'ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ކުއްޖާ ވެއްޓުނު އިރު ހުރިގެ، ކުއްޖާ ވެއްޓިފައިވަނީ ހުޅުވާފައި ހުރި ކުޑަދޮރުން ---

އުމުރުން ހަތް އަހަރުގެ އެކުއްޖާ ވެއްޓުނީ ކުޑަ ދޮރާ ދިމާލުގައި ބަހައްޓާފައި ހުރި ބަންކް ބެޑަކަށް އަރައި އުޅެނިކޮށް ކަމަށް މަންޒަރު ދުއްމީހުން ބުންޏެވެ.

އެކުއްޖާއަކީ މީގެ ތިން ދުވަސް ކުރިން ހިތާނުކޮށްފައިވާ ކުއްޖެއް ކަން އެނގިފައިވެއެވެ.

ވެއްޓުމުގެ ސަބަބުން ލިބުނީ ކޮން އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ. ފަރުވާއަށް އެކުއްޖާ ވަނީ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އެސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް