ގެއްލިފައިވާ މަސްވެރިން ހޯދުމަށް ގޮވާލައި ޓެމިލް ނާޑޫގެ މަސްވެރިން މުޒާހަރާކޮށްފި

ތޫފާނުގެ ސަބަބުން ގައްލުނު މަސްވެރިން ހޯދުމަށް ގޮވާލައި ޓެމިލްނާޑޫގެ މަސްވެރިންނާއި އެމީހުންގެ އާއިލާތަކުން މުޒާހަރާކުރަނީ ---

އިންޑިއާ ކަނޑަށް އެރި އޯޗީ ތޫފާނުގެ ސަބަބުން ގެއްލުނު މަސްވެރިން ހޯދުމަށް ގޮވާލައި އިންޑިއާގެ ޓެމިލްނާޑޫގެ އަވަށެއް ކަަމަށްވާ ރަމޭސްވަރަމްގެ މަސްވެރިންނާއި އެމީހުންގެ އާއިލާތަކުން މިއަދު މުޒާހަރާކޮށްފިއެވެ.

މަސްވެރިންގެ 11 ޖަމްއިއްޔާއެއް ގުޅިގެން ކުރި މުޒާހަރާގައި ވަނީ ގެއްލުނު މަސްވެރިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވެސް ގެނެސްފައެެވެ. އެ މުޒާހަރާގައި މަސްވެރިން ވަނީ ސަރުކާރަށް ދެ ކަމަކަށް ގޮވައިލައިފައެވެ. އެގޮތުން ގެއްލިފައިވާ އެތަކެއް ހާސް މަސްވެރިން ހޯދުމަށް މަސައްކަތްކުރުމަށާއި އިންޑިއާގެ ގުުޖުރާތާއި މަހާރަސްތާގައި ހާލުގައި ޖެހިފައިވާ މަސްވެރިން އަނބުރާ ޓެމިލްނާޑޫއަށް އަނބުރާ ގެނެވޭނެ ގޮތްތައް ހަދައިދިނުމަށް މަސްވެރިން ވަނީ ގޮވައިލައިފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރެއިލްވޭ ސްޓޭޝަންތަކާއި ބަހުގެ ޚިދުމަތްތައް ވެސް ހުއްޓުވައިފައެވެ.

ތޫފާނާ ގުޅިގެން ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެވުނު މަސްވެރިން އެގައުމުން ހައްޔަރުކޮށްފައިވާތީވެ، އެމީހުން މިނިވަންކުރުމަށް އެހީތެރިވުމަށް ވެސް ވަނީ ޓެމިލްނާޑޫގެ މަސްވެރިން ވަނީ ގޮވައިލައިފައެވެ. ތޫފާނާ ގުޅިގެން ކުދިކުދި ބޯޓުތަކުގައި މަސްވެރިކަން ކުރަން އުޅެނިކޮށް ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަން 130 މަސްވެރިން ވަނީ ހައްޔަރުކޮށްފައެވެ.

ތޫފާނުގެ ސަބަބުން މަރުވި މަސްވެރިންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަސްވެރިން ވަނީ ގޮވައިލައިފައެވެ. އެގޮތުން މުޒާހަރާ ކުރި މީހުން ވަނީ މަރުވި ކޮންމެ އާއިލާއަަކަށް 20 ލައްކަ ރުޕީސް ދިނުމަށް ގޮވައިލައިފައެވެ.

"ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ އޮޅުންބޮޅުމެއްގެ ތެރޭގައި. ސަރުކާރުން އެބަޖެހޭ މަސްވެރިންގެ އާއިލާތަކާ ވާހަކަދައްކައިގެން ހަގީގީ އަދަދު ހާމަކުރަން،" މަސްވެރިންގެ ލީޑަރު އެން ޖޭ ބޯސޭ ވިދާޅުވިއެވެ.

comment ކޮމެންޓް