ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަސްފަންނު ސާފުކުރަނީ

ރަސްފަންނު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބައިނަލްއަގްވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަސްފަންނު ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތެއް ހިންގުމަށް ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ރަސްފަންނު ސާފުކުރުމުގެ ހަރަކާތަކީ ހޯމް މިނިސްޓްރީއާ މިނިސްޓްރީގެ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

ރަސްފަންނު ސާފުކުރުމުގެ ބޮޑު ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 11:00 އަށް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހުޅުވާލެވިފައިވާ ކަމަށާއި އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ޖަމިއްޔާތަކުން 7930101 އަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް