ތޫފާންގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 16 އަށް، މަލިކް ރެޑް އެލާޓަށް

މަލިކު: ތޫފާނުގެ ސަބަބުން އެ ރަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ ---

ރާއްޖެ އާއި ސްރީ ލަންކާ އާއި އިންޑިއާގެ ދެކުނު ހިސާބު ސަރަހައްދުގައި އުފެދުނު ތޫފާން އޯޗީ އިންޑިއާއަށް އަރައި 16 މީހުން މަރުވެފައިވާއިރު އަވަށްޓެރި މަލިކަށް ރެޑް އެލާން ނެރެފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ތޫފާން އުޗީ އެގައުމުގެ ތަމަލް ނާޑޫއާ ކެރެލާއަށް އެރުމުގެ ސަބަބުން 16 މީހުން މަރުވެފައިވާ ކަމަށާއި މަސްވެރިކަމަށް ނިކުމެފައިވާ އުޅަނދުތައް ސަލާމަތްކުރުމުގެ މަސަތްކަތް ކޯސްޓް ގާޑާއި އިންޑިއާގެ ނޭވީއިން ކުރަމުންދާ ކަމަށެވެ.

އެގޮތުން އައްސޭރިފަށުން މަހަށް ނުކުމެފައިވާ މަސްވެރިންގެ ތެރެއިން 200 އަށްވުރެން ގިނަ މަސްވެރިން ހާލުގައި ޖެހިފައި ވަނިކޮށް ސަލާމާތްކޮށްފައިވާ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ތޫފާން އޯޗީގެ ސަބަބުން އަވަށްޓެރި މަލިކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އިންޑީއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ގޮތުން މަލިކަށް ރެޑް އެލާޓް ނެރިފައިވާއިރު ގަދަ ވަޔާ ވިއްސާރައިގެ ސަބަބުން ގިނަ އަދަދެއްގެ ގޭގެ ފުރާޅު އެއްލާލައި ދަނޑުބިންތައް ހަލާކުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. މަލިކަކީ ވަށައިގެން މޫދު އޮންނަ މަސްވެރިން ގިނަ އިންޑިއާގެ އަތޮޅެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އެ ސަރަހަށްދަށް މަހަށް ނުކުމެ އުޅުނު ފަސް ދޯންޏެއް ވަނީ ބަންޑުން ޖަހަލާފައެވެ. ނަމަވެސް އެ ދޯނި ތަކުގެ މަސްވެރިން ވަނީ ސަލާމަތްކޮށްފައެވެ. އެ މަސްވެރިން ސަލާމަތްކޮށްފައި ވަނީ މަހަށް ނުކުމެ އުޅުނު މަލިކުގެ އެހެން އޮޑި ދޯނި ފަހަރުންނެވެ. މިހާތަނަށް އަދި މަލިކުން މީހަކު މަރުވި ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް