ރާއްޖޭގެ ފުރަތަމަ ގޭމް ސްޓޯ އުރީދޫ އިން ތައާރަފުކޮށްފި

ރާއްޖޭގެ ފުރަތަމަ ގޭމް ސްޓޯ އުރީދޫ އިން ވަނީ މިއަދު ތައާރަފ ކޮށްފައި --- ފޮޓޯ: އުރީދޫ

މޮބައިލް ގޭމިން އަށް ހާއްސަ "އުރީދޫ ގޭމް ސްޓޯ" އެ ކުންފުނިން މިއަދު ތައާރަފު ކޮށްފި އެވެ. މިއީ ރާއްޖޭގައި ނެރުނު ފުރަތަމަ ގޭމް ސްޓޯ އެވެ.

އުރީދޫ ގޭމް ސްޓޯ މެދުވެރިކޮށް، މޮބައިލް ފޯނުން ކުޅޭ އެންމެ މަޤްބޫލު ގޭމުތައް ޑައުންލޯޑުކޮށް، އެއްވެސް އިޝްތިހާރަކާއި ނުލާ ކުޅެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ އިން ބުނީ ކަސްޓަކަރުންނަށް ކަމުދާ، އާ ޚިދުމަތްތައް ރާއްޖޭގައި ތައާރަފްކުރުމަކީ، އުރީދޫ އިން އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.

"އެގޮތުން، އުރީދޫ ގޭމް ސްޓޯ އިން އެންމެ ފަހުގެ މޮބައިލް ގޭމުތައް، ފަސޭހަކަމާ އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ގުޅުވާލަދޭނެ. މިފަދަ، ރާއްޖެއަށް މުޅިން އައު ޚިދުމަތެއް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ މަސައްކަތް ކުރާނީ މި ސްޓޯ އިތުރަށް ފުޅާކޮށް، މޮބައިލް ގޭމް ކުޅުއްވާ ބޭފުޅުންނަށް ކަމުދާނެ ގިނަ ގޭމްތަކާއި ތަފާތު ފީޗާތައް އިތުރު ކުރުމަށް." އުރީދޫ އިން ނެރުނު ނޫސްބަޔާނެއްގައި އެކުންފުނީގެ ސީއީއޯ ނަޖީބް ހާންއާ ހަވާލާދީ ބުނެފައިވެ އެވެ.

އުރީދޫ ގޭމް ސްޓޯ ޚިޔާރުކުރައްވައިގެން، www.ooredoogames.com މެދުވެރިކޮށް ފަހުގެ އެންޑްރޮއިޑް އަދި އެޗްޓީއެމްއެލް 5 ގޭމުތައް ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް، އުރީދޫ ގޭމް ސްޓޯރގެ ޚިދުމަތް ހޯދުމަށް ޓަކައި ޚިޔާރުކުރެވޭނެ ޚާއްސަ ތިން އޮފާއެއް ވެސް އެކުންފުނިން ވަނީ ތައާރަފް ކޮށްފަ އެވެ.

ގޭމާސް ޕެކް ޑެއިލީ: ދުވާލަކަށް ދެ ރުފިޔާ

ގޭމާސް ޕެކް ވީކްލީ: ހަފްތާ އަކަށް 10 ރުފިޔާ

ގޭމާސް ޕެކް މަންތްލީ: މަހަކަށް 25 ރުފިޔާ

އެންޑްރޮއިޑް ފޯނު ބޭނުން ކުރާ ކަސްޓަމަރުންނަށް އުރީދޫ ގޭމް ސްޓޯ އިން ތަފާތު ގޭމިން އެޕްލިކޭޝަންތައް ޑައުންލޯޑުކުރެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. އަދި އައިއޯއެސް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް ގޭމް ސްޓޯގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ގޭމުތައް އޮންލައިކޮށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

comment ކޮމެންޓް