ނިދި ހަމަ ނުވާ ނަމަ ދެން ވާނީ ކިހިނެއް؟

ހަމަ ނިދި ނުލިބުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ގެއްލުން ލިބޭ---

ނިންޖަކީ ތިމާގެ ހަށިގަނޑު ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ޓަކައި ކުރުން އެންމެ މުހިއްމު އެއް ކަމެވެ. ރޭގަނޑު މަދުވެގެން 8-7 ގަޑިއިރުގެ ނިދި އިންސާނާގެ ހަށިގަނޑަށް ބޭނުންވެ އެވެ.

ނަމަވެސް މިއަދު ނިދުމަކީ ބައެއް މީހުންނަށް އެހާ ފަސޭހައިން ކުރެވޭ ކަމަކަށް ނުވެ އެވެ. ދުވާލުގެ ވަގުތުތައް ބުރަ މަސައްކަތުގައި ހޭދަކުރުމަށް ފަހު ލިބޭ ހުސްވަގުތުކޮޅަކީ ރޭގަނޑެވެ. ދެން ތިމާ ކޮށްލަން ޖެހޭ ބައެއް ކަންތައްތައް އެގަޑީގައި ކޮށްލެވެ އެވެ. ނުނިދާ ހޭލާ ތިބެގެން އޮފީސް މަސައްކަތުގައި މަސްޣޫލުވެގެން ތިބުމަކީ މިއަދު ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިކަންތައްތައްތަކުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ގެއްލުންވާ މިންވަރު އެނގޭ ހެއްޔެވެ؟

ކެންސަރަށް މަގުފަހިވޭ

ހަމަ ނިދު ނުލިބުމުގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދެ އެވެ. ކެންސަރަކީ ހަށިގަނޑަށް ޖެހޭ ނުރައްކާތެރި ބަލިތަކުން މިހާރު މީހުންނަށް ޖެހޭ އާންމު ބައްޔެކެވެ. ދިރިޅުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން މިކަހަލަ ކަންތައްތައް ދިމާވެ އެވެ.

ހަނދާން ނެތޭ

ރަނގަޅަށް ނުނިދޭ ނަމަ މުހިއްމު ކަންތައްތައް ތިމާގެ ސިކުނޑިން ކައްސާލަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑުގެ ނިދި ފުރިހަމަ އަށް ނުލިބޭ މީހާ އަށް ބައެއް މުހިއްމު ކަންތައްތައް ހަނދާން ނެތިގެން ދެ އެވެ.

ރަނގަޅަށް ނުވިސްނޭ

އޮފީހުގެ މަސައްކަތްތައް ވެސް ބަރާބަރަށް ނުނިންމި ކުރަން ޖެހޭ މަސައްކަތްތައް ފުންޏަކަށް ޖެހުމަކީ ވެސް ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ދިމާވާ ކަންތައްތަކެވެ. ވަޒީފާގެ މާހައުލު ނަމަވެސް ސްކޫލުގެ މާހައުލުގައި ނަމަވެސް މަސައްކަތް ކުރާ އިރު ނޫނީ ކިޔަވާ އިރު ރަނގަޅަށް ނުވިސްނުމަކީ އެކަމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އަބަދުވެސް ނިދިއައިސް ހުރެ ނިދި މޫޑްގައި މަސައްކަތް ކުރަން ޖެހުމަކީ އެކަމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ބަރުދަން ބަރުވޭ

ބޭރުގެ ޔުނިވާސިޓީ އަކުން 21469 ޒުވާނުން ބޭނުން ކޮށްގެން ހެދި ރިސާޗް އެއްގައި ރޭގަނޑުގެ ނިދި ފަސް ގަޑިއިރަށް ނިދޭ ކުދިންނާއި 8-7 ގަޑިއިރާ ނިދޭ ކުދިންނަށް ވުރެ ބަރުދަން ބަރެވެ. އެކަމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެ 'އޮބޭސިޓީ' އަށް މަގިފަހިވެގެންދެ އެވެ.

މައުލޫމާތު: ހެލްތު ލައިން

comment ކޮމެންޓް