މަޓާޓޯ ޓްރެވަލް ކޮންފަރެންސް މިމަހު 23ގައި ބާއްވަން ނިންމައިފި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަން 2017، ނޮމިނޭޝަން ލޯންޗިންގ -- ފޮޓޯ: މަޓާޓޯ

ޓްރިޕް އެޑްވައިޒާ އާއި ގުޅިގެން މަޓާޓޯ އިން ބާއްވާ ޓްރެވަލް ކޮންފަރެންސް މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މަޓާޓޯ އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ބައެއްގެ ގޮތުގައި ޓްރެވަލް ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ކޮންފަރެންސްގައި އެ ދާއިރާގައި ހަރަކާތްތެރިވާ 150 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

މިފަހަރުގެ ޓްރެވަލް ކޮންފަރެންސް ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ވެބްސައިޓާ ގުޅިގެން ކުރިއަށް ގެންދާ އިރު، މިފަހަރުގެ ކޮންފަރެންސްގައި ދާއިރާގެ ތަޖުރިބާކާރު ހަތަރު ބޭފުޅަކު ކީނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެރިވާނެ އެވެ. ކޮންފަރެންސް އޮންނާނީ ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ.

ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެ ލައްވާނީ އީ ޓުއަރިޒަމް ފްރޮންޓިއާސްގެ ސީއީއޯ ޑޭމިއަން ކުކް، ޓްރިޕް އެޑްވައިޒާގެ ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިން ސާރާ މެތިއުސް، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންގެ ޑިރެކްޓާ ހެލޯނާ ޕެޑިއާޗީ އަދި ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖާ ޑރ. އަބްދުﷲ މައުސޫމް އެވެ.

މި ކޮންފަރެންސްގައި ފަސް މައުލޫއަކަށް ވާހަކަ ދައްކާނެއެވެ. އެ މައުލޫތަކަކީ

  • ޑެސްޓިނޭޝަން ރިވިއު
  • އިވޮލިއުޝަން އޮފް ޓްރެވަލް
  • 2017 ގްލޯބަލް ޓްރެވަލް ޓްރެންޑްސް އެންޑް މޯލްޑިވްސް ޑެސްޓިނޭޝަން އިންސައިޓްސް
  • ބެސްޓް ޕްރެކްޓިސަސް އޮފް ޑިޖިޓަލް މާކެޓިން
  • ޓްރެވެލާސް ޕާތް ޓު ޕާޗޭސް އެންޑް ދަ ރައިޓް އެޓްރިބިއުޝަން

މޯލްޑިވްސް ޓްރެވަލް ކޮންފަރަންސަކީ، ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގެ ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުކޮށް، އިންޑަސްޓްރީގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރަންސެކެވެ.

މަޓާޓޯ އިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގެ ފަތުރުވެރިކަމުގެ މާހިރު އަދި ޗައިނާ އައުޓްބައުންޑް ޓޫރިޒަމް ރިސާޗް އިންސްޓިޓިއުޓް (ކޮޓްރީ)ގެ ފައުންޑާ އަދި ޑިރެކްޓަރު، ޕްރޮފެސަރު ވޮލްފް ޖޯޖް އާލްޓް އާއެކު ތަމްރީން ޕްރޮގްރާމެއް ބާއްވާފަ އެވެ.

comment ކޮމެންޓް