ތިބާގެ ހަށިގަނޑުގެ ބަރުދަނާއި ހަށިގަނޑުގައި އުފެދިފައިވާ ސަރުބީއާއި، ފެނާއި، ލޮނުގެ މިންވަރު ހުރީ އުމުރާއި އިސްކޮޅާ ގުޅޭ މިންވަރެއްގައިތޯ އެންމެ ފަހުން ބަލާލެވުނީ ކޮން ދުވަހަކު ހެއްޔެވެ؟ ފަހަރެއްގައި ތިބާގެ ސިއްހަތާ ގުޅޭ މި މުހިއްމު މައުލޫމާތުތައް މީގެ ކުރީން ވަޒަންކޮށްލެވިފައި ނެތުން އެކަށީގެން ވެއެވެ. ހާސް ނުވާށެވެ. މިވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މި ފުރުސަތު ދޫކޮށް ނުލާށެވެ.
ނޭޝަނަލް އާޓްގެލަރީގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ހެލްތު އެންޑް މެޑިކަލް އެކްސްޕޯއަށް ޒިޔާރަތްކޮށްލާށެވެ. އެތަނުގައި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ސްޓޯލެއް ހުންނާނެއެވެ. އެ ސްޓޯލުން ހަމަ މުޅިން ހިލޭ، އެންމެ ޒަމާނީ "ބޮޑީ ކޮމްޕޮޒިޝަން އެނަލައިޒަރ" އެއް ބޭނުންކޮށްގެން ތިބާގެ ހެލްތު އެސެސްމެންޓެއް ވަގުތުން ހަދާލަ ދޭނެއެވެ.
މިއަދަކީ މިދިޔަ ބުރާސްފަތި ދުވަހު ފެށި، އެމްވީ މެޑިކަލް އެކްސްޕޯގެ ފަހު ދުވަހެވެ. ހެނދުނު 10:00އިން ފެށިގެން މިރޭ 10:00އާ ހަމައަށް މެޑިކަލް އެކްސްޕޯ ކުރިއަށް ދާނެއެވެ. އެހެންކަމުން ހަމަ މުޅިން ހިލޭ ބޮޑީ ކޮމްޕޮޒިޝަން އެނަލިސިސްއެއް ހަދާލަން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފާށެވެ.
ޓީއެފްޖީގެ ސްޓޯލުން ލިބެނީ ހަމައެކަނި މި ޚިދުމަތެއް ނޫނެވެ. އެ ފިޓްނަސް ގްރޫޕުން ހިންގާ ތަފާތު ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތުވެސް ލިބޭނެއެވެ. ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތާއި ރަނގަޅު ކާނާގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ޓީއެފްޖީގެ ޓްރެއިނަރުން މައުލޫމާތު ހިއްސާކުރާނެއެވެ. މީގެ އިތުރުން ޓީއެފްޖީގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފޯމު ފުރައިދިނުމާއި މިނޫންވެސް ތަފާތު ކަންކަން އެ ސްޓޯލްގައި ކުރިއަށް ދާނެއެވެ.
އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެން ކުރިއަށް ގެންދާ މިފަހަރުގެ މެޑިކަލް އެކްސްޕޯގައިވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން ބައިވެރިވެފައި ވެއެވެ.
މޯލްޑިވް މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ ބައިވެރީން
- ބެންކޮކް ހޮސްޕިޓަލް
- ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ)
- ޕްރަޝާންތް އިންފަޓިލިޓީ ހޮސްޕިޓަލް
- މާސްޓަރ ޑެންޓަލް ކެއަރ ކްލިނިކް
- ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)
- މިނިސްޓްރީ އޮފް ހެލްތް
- މޯލްޑިވްސް ރެޑް ކްރަސެންޓް
- އެން.ޔޫ ހޮސްޕިޓަލް
- ގަންގާ ހޮސްޕިޓަލް
- ޗެންނާއީ ޕްލާސްޓިކް ސާޖަރީ
- ދަ ކްލިނިކް
- އޮމްނިކްރިސް
- އެލީޒާ މެޑިކަލް ސެންޓަރ
- ފިޒިއޯ ކްލިނިކް
- ދަކްލިނިކް
- އިމޭޖް ސެންޓަރ
އާންމުންނަށް ހުޅުވާލައިގެން ހިލޭ ވަދެވޭ ގޮތަށް ކުރިއަށް ގެންދާ މި އެގްޒިބިޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށް ސިއްހީ ދާއިރާއާއި ގުޅޭ ވަރަށްގިނަ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭން ހޮވާލެވޭ ނަސީބުވެރިއަކަށް ވަރަށް ޚާއްސަ އިނާމެއްވެސް ލިބޭނެއެވެ.