ދަތުގެ ޑޮކްޓަރަށް ހިލޭ ދައްކަން ބޭނުންތަ؟

މޯލްޑިވްސް ހެލްތު އެންޑް މެޑިކަލް އެކްސްޕޯގައި ހުރި މާސްޓަރ ޑެންޓަލް ކެއަރ ކްލިނިކްގެ ސްޓޯލް-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ރާއްޖޭގައި މިވަގުތު ހުރި ދަތުގެ ފަރުވާދޭ އެންމެ މަޝްހޫރު އެއް ކްލިނިކް ކަމަށްވާ މާސްޓަރ ޑެންޓަލް ކެއަރ ކްލިނިކަށް ހިލޭ ދައްކަން ބޭނުން ހެއްޔެވެ. މަޝްހޫރު ޑެންޓިސްޓް ޑރ. އަހްމަދު ސަލީމް ހިންގަވާ ދަތުގެ ފަރުވާދޭ ކްލިނިކަށް ހިލޭ ދެއްކުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

ނޭޝަނަލް އާޓް ގެލެރީގައި ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ 10:00އާ ހަމައަށް ކުރިއަށްދާ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯއަށް ޒިޔާރަތްކޮށްލާށެވެ. އެއަށްފަހު، އެތަނުގައި ހުރި މާސްޓަރ ޑެންޓަލް ކެއަރ ކްލިނިކްގެ ސްޓޯލަށް ވަދެލާށެވެ. އެތަނުން އެ ކްލިނިކްގެ ބިޒްނަސް ކާޑެއް ހޯދަން ހަނދާން ނައްތައި ނުލާށެވެ.

މާސްޓަރ ޑެންޓަލް ކެއާއިން ބުނީ، މެޑިކަލް އެންޑް ހެލްތު އެކްސްޕޯގައި ހުރި އެ ކްލިނިކްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދޫކުރާ ކާޑު ހިފައިގެން މާލޭގައި ހުންނަ އެ ކްލިނިކަށް ދައްކަން އަންނަ ފަރާތްތަކަށް ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ހުންނަ އެ ކްލިނިކްގެ ބްރާންޗުން ކޮންސަލްޓޭޝަން ފީގެ 50 އިންސައްތަ ޑިސްކައުންޓް ލިބޭނޭކަމަށެވެ.

މާލޭގައި ހުންނަ މާސްޓަރ ޑެންޓަލް ކެއަރ ކްލިނިކުން ހިލޭ ޑޮކްޓަރަށް ދެއްކުމާއި، ހުޅުމާލޭގައި ހުންނަ ކްލިނިކުން ޑިސްކައުންޓް ލިބޭނީ، މި ހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކަމަށް މާސްޓަރ ޑެންޓަލް ކެއަރއިން މައުލޫމާތުދެއެވެ.

ދަތުގެ ޚާއްސަ ފަރުވާއަށް މީގެ ހަ އަހަރުކުރީން ހުޅުވި މާސްޓަރ ޑެންޓަލް ކެއަރ ކްލިނިކްގެ ތިން ތަނެއް މިހާރު ހުރެއެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން ލ. ފޮނަދޫގައިވެސް އެ ކްލިނިކްގެ ބްރާންޗެއް ހުރެއެވެ.

މާސްޓަރ ޑެންޓަލް ކެއަރއިން ފޯރުކޮށްދޭ، ޚިދުމަތްތަކުގެ ތެރޭގައި ދަތް އިންދުން، ކްރައުން އަދި ބްރިޖަސް، ނަރުގަނޑު އެޅުވުން، ރޫޓް ކެނަލް ޓްރީޓްމަންޓްސް، ދަތް ސާފުކުރުމާއި ހުދުކުރުން، ސާޖިކަލް އެކްސްޓްރެކްޝަންސް، ފުޓުނިއެޅުން އަދި މިނޫނަސް އަނގައިގެ ސިއްޙަތާ ގުޅުންހުރި ތަފާތު ފަރުވާތައް ތަޖްރިބާކާރު ޑޮކްޓަރުންނާއި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފޯރުކޮށްދެއެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ އިންތިޒާމްކުރާ އެމްވީ މެޑިކަލްސްއިން ބުނީ، މިފަހަރުގެ އެކްސްޕޯއަށް ވެސް ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރަމުންދާ ކަމަށެވެ.

މިފަހަރުގެ މެޑިކަލް އެކްސްޕޯގައި ވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ، ސިއްހީ ޚިދުމަތްދޭ ގިނަ ފަރާތްތަކެއް ބައިވެރިވެއެވެ.

comment ކޮމެންޓް