އަނބިމީހާ ދެކެ ލޯބިވާ ފިރިއެއްގެ ފަރާތުން ފެންނާނެ ސިފަތައް

ފޮޓޯ: އިންސްޓަގްރާމް

ލޯތްބަކީ ކުރެވޭ އިހުސާސެކެވެ. އެ އިހުސާސް އަނެކާއަށް ފޯރުކޮށްދެނީ އަމަލުންނެވެ.

އަނބިމީހާ ދެކެ ލޯބިވާ ފިރިއެއްނަމަ، އަނބިމީހާއާ ދޭތެރޭ ކަންތައް ބަހައްޓާނީ، އެ ލޯބި އިހުސާސްވާ ފަދައަކުންނެވެ.

1. އަބަދުވެސް އިސްކަންދޭނެ:

އަނބިމީހާ ދެކެ ލޯބިވާ ފިރިއެއްނަމަ އޭނާގެ ރައްޓެހި ރަހުމަތްތެރިންނަށްވުރެ އަނބިމީހާއަށް އިސްކަން ދޭނެއެވެ. އޭގެ މާނައަކީ އަނބިދަށުވެފައި ހުރި މީހަކަށް އޭނާ ވުމެއް ނޫނެވެ. ކައިވެންޏަށްފަހު އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ ހަޔާތުގެ ބައިވެރިޔާއަށެވެ.

2. އަނބިމީހާގެ އުފާވެރިކަމަކީ ފިރިމީހާގެވެސް އުފާވެރިކަން:

އަނބިމީހާގެ ތުންފަތުން ހިނިތުންވުން ފެންނާނެ ކަމެއް ކުރަން އަބަދުވެސް ފިރިމީހާ އިސްކަންދޭނަމަ އޭނާ އަކީ އަނބިމީހާ ދެކެ ލޯބިވާ ފިރިއެކެވެ. މީގެ މާނައަކީ އަބަދު އަގުބޮޑެތި ހަދިޔާ ދިނުމެއް ނޫނެވެ. އެކުގައި ހޭދަކުރާ ވަގުތަކީވެސް އަނބިމީހާއަށް އުފާވެރިކަން ގެނެސްދޭ ވަގުތަކަށްވާނެއެވެ.

3. ރައްކާތެރިކޮށްދޭނެ:

އަނބިމީހާއާ ދިމާއަށް އެހެން މީހުން ބުނާ ނުރަނގަޅު ވާހަކަތަކުން އޭނާ ދިފާއުކޮށްދީ ލިބެން އުޅޭ ގެއްލުމަކުން ސަލާމަތްކޮށް ރައްކާތެރިކޮށްދިނުމަކީ ފިރިމީހާގެ ވާޖިބެކެވެ. އަނބިމީހާ ގޯސް ގޮތަކަށް އުޅޭތޯ ބަލައި، އަބަދުވެސް ރަނގަޅު މަގަށް މަގުދައްކައި، ނަސޭހަތް ދިނުމަކީ ލޯބިވާ ފިރިއެއްގެ ފަރާތުން ފެންނާނެ ސިފައެކެވެ.

4. އެހީތެރިވެދޭނެ:

ގޭތެރޭގެ މަސައްކަތާ، ދަރިންގެ މަސައްކަތަކީ ހަމައެކަނި އަނބިމީހާ ކުރަންޖެހޭ ކަމެއްކަމަށް ނުބަލައި މި ހުރިހާ ކަމެއްގައި އަނބިމީހާއަށް އެހީވެދީ ހަދާނީ އަނބިމީހާއަށް ގަދަރުކުރާ، އަނބިމީހާދެކެ ލޯބިވާ ފިރިންނެވެ. މިފަދަ މީހުންނަކީ އަނބިދަށުވެފައި ތިބޭ މީހުންނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އަގުވަޒަން ކުރަން އެނގޭ މީހުންނެވެ.

5. ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރާނެ:

ދެމަފިރިން އެކުގައި ވަގުތު ހޭދަކުރުމަށް އިސްކަން ދިނުމާ، ދެމީހުން އެކުގައި ބޭރަށް ގޮސްލައި ހަދަން ޕްލޭންތައް ކުރުމަކީ ހަމައެކަނި އަނބިންގެ ސިކުނޑިން ވިސްނަންޖެހޭ ކަންތަކެއް ނޫނެވެ. އަނބިމީހާއަށްޓަކައި ފިރިމީހާއަށްވެސް މިފަދަ ޕްލޭންތައް ކުރެވިދާނެއެވެ.

comment ކޮމެންޓް