ބަންގުލަދޭޝްގައި މަރުވި އައްޑޫ މީހާގެ ހަށިގަނޑު މާލެ ގެނެސްފި

ބަނގުލަދޭޝްގެ ކޮކްސް ބާޒާރުގެ މަގެއްގައި ބަޔަކު ހިނގާފައި ދަނީ-- ސަން ފައިލް ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު ބަންގުލަދޭޝްގައި މަރުވި އައްޑޫ މީހާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް މަރުވި އައްޑޫ ސިޓީ މަރަދޫފޭދޫ ކަލަރުމާގޭ، އުމުރުން 67 އަހަރުގެ އަބްދުﷲ ފަތުހީ (ބޯކޮށާ ފަތުހީ)ގެ ހަށިގަނޑު މާލެ ގެނައީ އިއްޔެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަހުމީގެ ހަށިގަނޑު މާލެ ގެނައީ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ.

މީހަކާ އިންނަށް ބަންގުލަދޭޝްއަށް ދިޔަ ފަހުމީ ކުއްލި ގޮތަކަށް މަރުވި އެނބުރި ރާއްޖެ އަންނަން އެއް ދުވަހަށް ވެފައިވަނިކޮށެވެ. އޭނާ އެ ގައުމަށް ދިޔައީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.

ބަންގުލަދޭޝްގެ މީހަކާ އިންނަށް އޭނާ ދިޔައީ އޭނާ ދިރިއުޅޭ ފަހުނުކޮށް ލައްކައެއްހާ ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. އޭނާ އެކަން ކުރީ ދަރިންގެ ނުރުހުމުގައި ކަމަށެވެ.

ފަތުހީ ދެ ކައިވެންޏެއްކޮށް 12 ދަރިން ލިބިފައިވެ އެވެ. އެއީ ހަ އަންހެން ދަރިންނާއި ހަ ފިރިހެން ދަރިންނެވެ.

ފަތުހީގެ މަރުގެ މައްސަލާއިގެ މައުލޫމާތު ދިވެހި ފުލުހުންނަށް ވެސް ލިބުމުން، ފުލުހުން ދަނީ އެކަން ބަލަމުންނެވެ. ފުލުހުން ބުނީ އެކަން ހިނގި ގޮތް ބަލަމުންދާ ކަމަށާއި ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ.

comment ކޮމެންޓް