ރައީސް މާލެ ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން ކުޑުހުވަދުއަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދ. ކުޑަހުވަދޫއަށާއި އެ އަތޮޅު މާއެނބޫދޫއަށާއި ފ. ނިލަންދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ ދާލު އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައި، މާއެނބުދޫގެ ނަރުދަމާގެ ޚިދުމަތް ވަނީ އިފްތިތާޙް ކޮށްދެއްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ކަންކަމާއި އިގްތިޞާދީ ދާއިރާއިން ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވި އެވެ.

comment ކޮމެންޓް