މާފުއްޓަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތި --- ފޮޓޯ/ ޕޮލިސް

ކ. މާފުއްޓަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއްގައި މީހަކު 100،000 ރުފިޔާ އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ހުކުމް ކޮށްފައި ވަނީ މ. ރޫބީ އަލީ އުމަރުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ސ. ފޭދޫ، ފަށުއި މަރިޔަމް ސައީދާ ޕްރޮވިންސް ފެރީން މާފުއްޓަށް ގެންދިޔަ މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް އިއުތިރާފުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ މަރިޔަމް ސައީދާ މާފުށީ ޕޮލިސްޓޭޝަނަށް ހާޒިރުކޮށް އޭނާގެ އަތްދަބަސް ޗެކްކުރިއިރު، 26.3587 ގްރާމް ޑައިމޯފިން (ހެރޮއިން) ފެނިފައިވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް