ހުވަފެންފުށި ރިސޯޓުގެ ޕޫލަކަށް ވެއްޓި މަރުވީ އިނގިރޭސީވިލާތުގެ ކުއްޖެއް

ހުވަފެންފުށި ރިސޯޓް -- ފޮޓޯ: ހުވަފެންފުށި

މާލެ އަތޮޅުގައި ހިންގަމުން އަންނަ ހުވަފެންފުށި ރިސޯޓުގެ ޕޫލަކަށް ވެއްޓި މަރުވެފައި ވަނީ އިނގިރޭސީވިލާތުގެ ކުއްޖެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ޕޫލަށް ވެއްޓި މަރުވެފައި ވަނީ އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖެ ކަމަށާއި އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިރޭ އިރާކޮޅު 7:45 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިހާރު ވެސް ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން މޫދަށް ގެނބިގެން މަރުވުމަކީ ދިމާވަކަމެކެވެ. މިއަހަރުގެ މިހާތަނަށް މޫދަށް އެރި އުޅެނިކޮށް ދެ ޓޫރިސްޓުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

comment ކޮމެންޓް