މައްސަލަ ހައްލުކޮށް ކަރަންޓު ކެނޑުނު ހިސާބުތަކަށް ކަރަންޓު ދީފި

މާލެ: ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައި --- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ވެރިރަށް މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިިފި އެވެ.

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯ އިން ބުނީ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މައްސަލަ ހައްލުކޮށް ކަރަންޓު ދީފައި ވަނީ މިރޭ 10:15 ހާއިރު ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ދޮޅު ލައްކައާ ކައިރި ކުރާ އަދަދަކަށް މީހުން ދިރިއުޅޭ، މާލޭއިން މިރޭ ކަރަންޓު ކެނޑިފައި ވަނީ ހެންވޭރާއި މާފަންނާއި ގަލޮޅުގެ ބައެއް ސަރަހައްދުތަކުންނެވެ.

މާލޭގެ އެކި ހިސާބުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ.

comment ކޮމެންޓް