ދިއްދޫ އާއި ހޯޑެއްދޫން ފްލެޓް ލިބުނު މީހުންގެ ލިސްޓް އިސްލާހުކުރުމަށްފަހު، އިއުލާންކޮށްފި

ދިއްދޫ ގައި އަޅާފައިވާ ފްލެޓްތަކެއް --- ފޮޓޯ: ސޯސަލް މީޑިއާ

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އާއި ގދ. ހޯޑެއްދޫ އިން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އިއުލާން ކުރުމަށްފަހު އޭގައި މައްސަލަ ހުރުމުން އަލުން އިސްލާހު ކުރުމަށްފަހު އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ދިއްދޫ އާއި ހޯޑެއްދޫގެގެ ކެޓަގަރީ 'އޭ' އާއި ކެޓަގަރީ 'ބީ' ގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އާންމުކުރިއިރު ދެމަފިރިންގެ މަޢުލޫމާތުގެ މައްސަލައެއް އޮތްކަން ފާހަގަކުރެވިފައިވާތީ އާއި ދިއްދޫ އިން ފްލެޓް ލިބޭ މީހުންގެ ބައެއް ފޯމް ނަންބަރުތައް ތަކުރާރުވެފައި ހުރުމުން އެކަންކަން އިޞްލާޙްކޮށް، އަލުން ފައިނަލް ލިސްޓް ޢާންމުކުރީ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު، އެ މިނިސްޓްރީގެ ވެބްސައިޓްގައި ހިމަނާފައިވާނެ ކަމަށާއި އަދި މިނިސްޓްރީގެ ނޯޓިސް ބޯޑާއި އެ ދެ ރަށުގެ ކައުންސިލްތަކުގެ ނޯޓިސް ބޯޑުގައި ލިސްޓްތައް ބަހައްޓާފައިވާނެ ކަމަށެވެ.

comment ކޮމެންޓް