މިހާރުގެ 'ޑްރީމް ގާލް' އަކީ ދީޕިކާ: ހެމާ މާލިނީ

މި ޖެނެރޭޝަންގެ 'ޑްރީމް ގާލް' އަކީ ކުޅަދާނަ އެކްޓަރު ދީޕިކާ ޕަދުކޯން ކަމަށް ވެޓެރަން އެކްޓަރު ހެމާ މާލިނީ ބުނެފި އެވެ.

ދީޕިކާއަށް ތައުރީފުކޮށް ހެމާ ވާހަކަ ދައްކާފައި ވަނީ އޭނާގެ ބަޔޮގްރަފީ، 'ބިޔޯންޑް ދަ ޑްރީމް ގާލް' ރިލީޒް ކުރުމަށް ބޭއްވި ހަފްލާގައެވެ.

'ޝޯލޭ' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ހެމާ އަކީ ބޮލީވުޑްގެ ރަން ޒަމާނުގެ 'ޑްރީމް ގާލް' އެވެ. ހެމާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތް ރިލީޒް ކުރުމަށް ބޭއްވި ހަފްލާގައި، މިހާރުގެ އެކްޓަރުންގެ ތެރެއިން އެ ލަގަބު ހައްގު ވަނީ ކޮން އެކްޓަރަކަށްތޯ ސުވާލު ކުރުމުން، ހެމާ ބުނީ ޔަގީނުންވެސް އެއީ ދީޕިކާ ކަމަށެވެ.

ހެމާ އަކީ ދީޕިކާގެ ވަރަށް ބޮޑު ފޭނެކެވެ. 'ބިޔޯން ދަ ޑްރީމް ގާލް' ލޯންޗު ކޮށްދިނީވެސް ދީޕިކާ އެވެ.

ހެމާގެ ފޮތް ރިލީޒް ކޮށްފައި ވަނީ އޭނާގެ 69 ވަނަ އުފަންދުވަހާ ދިމާކޮށެވެ. ފޮތް ލިޔެފައި ވަނީ ކުރީގެ ނޫސްވެރިޔާ ރާމް ކަމާލް މުކަރްޖީ އެވެ.

comment ކޮމެންޓް