ބަރެސްދޫ ޕްރޮޖެކްޓަށް ކުރިމަތިލުމުގެ މުއްދަތު މި މަހު 25ގެ ނިޔަލަށް

ލ.ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް.

ލ. ބަރެސްދޫ ޕްރޮޖެކްޓަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް ހުށަހެޅުން މި މަހުގެ 25ގެ ނިޔަލަށް އޮންނާނެ ކަމަށް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ބަރެސްދޫ ޕްރޮޖެކްޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ގިނަ އިންވެސްޓަރުންނަށް ފުރުސަތު ދިނުމަށް އާރްއެފްޕީ ހުށަހެޅުން މި މަހުގެ 25 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފޯމްތައް ހުށަހަޅާ ވަރަކަށް ފޯމްތަށް އިވެލުއޭޓްކޮށް ތަންތަން ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްއައިޓީޑީސީން ބުނީ އެޕްލިކޭޝަން ފޯމާއެކު ކުއްޔާއި އެޑްވާންސް ފައިސާ ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށާއި ތަންތަން ހިންގުމަށް ކުއްޔަށް ދޫކުރާނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށެވެ.

މާކްސް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ހުށަހަޅާ އެޑްވާންސް ކުލީގެ މިންވަރާއި އެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ މިންވަރަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ބަރެސްދޫގައި ނުވިކި ހުރި އިތުރު ބިންތައް ކުއްޔަށް ހިންގުމަށް މިހާތަނަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފުލް މާކްސްލިބުނު ތިން ފަރާތަކަށް ސްލޮޓް ހަމަޖެހުނު ކަމުގެ ލިޔުން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

ބަރެސްދޫއަކީ ރާއްޖޭގައި މިހާރު އޮތް "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓާ ތަފާތުކޮށް "އިންޓަގްރޭޓް ޓޫރިޒަމް" ކޮންސެޕްޓަށް ހަދާ ރިސޯޓެކެވެ. ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ތެރޭ ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

comment ކޮމެންޓް