ކުރުދީން ކޮންޓްރޯލް ކުރާ ކިރްކުކުގެ ބޮޑުބައެއް އިރާގުގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފި

އިރާގުގެ ކިރްކުކް ސަރަހައްދުގެ އިރާގުގެ ސިފައިން ހަރަކާތްތެރި ވަނީ

އިރާގުގެ ކިބައިން ވަކިވެގަތުމަށް މަސައްކަތްކުރަމުންދާ ކުރުދީން ކޮންޓްރޯލް ކުރާ ކިރްކުކްގެ ބޮޑު ސަރަހައްދެއް އިރާގުގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ. އިސްލާމިކް ސްޓޭޓް އިން 2014 ވަނަ އަހަރު ކިރްކުކް ހިފުމަށް ފަހު ކިރްކުކް މިނިވަންކޮށްފައި ވަނީ ކުރުދީ ހަނގުރާމަވެރިންނެވެ.

ކިރުކުކް އަކީ ކުރިއްސުރެ ވެސް އިރާގާއި ކުރުދީންނާ ދެމެދު މިލްކުވެރިކަމުގައި މައްސަލަޖެހިފައިވާ ސަރަހައްދެކެވެ.

އިރާގުގެ ސަރުކާރު ޓީވީން މިއަދު ހެނދުނު ބުނި ގޮތުގައި ކިރުކުކްގެ އިރާގުގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސް އަމަން އަމާންކަން ގެނައުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލްއަބާދީ ވަނީ އަމުރުކުރައްވައިފަ އެވެ.

ކިރުކުކަށް ހަމަލާދޭން ފެށުމުގެ ކުރިން އިރާގު ސަރުކާރުން ވަނީ އިރާގުގެ ކުރުދިސްތާނުގެ ސަރުކާރުން ތުރުކީގެ ޕީކޭކޭ ކުރުދީ ހަނގުރާމަވެރިން ކިރްކުކް ސަރަހައްދަށް ޖަމާކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި އެއީ އިރާގުގެ ސަރުކާރާ ހަނގުރާމަ އިއުލާން ކުރުން ކަމަށް ވެސް އިރާގުގެ ސަރުކާރުން ބުންޏެވެ.

އިރާގުގެ ސަރުކާރުން ވަނީ ޕީކޭކޭ ހަނގުރާމަވެރިން އެ ސަރަހައްދުން ފޭބުމަށް މުހުލަތެއް ވެސް ދީފަ އެވެ. ނަމަވެސް ހަމަލާތައް ދޭން ފަށާފައި ވަނީ މުހުލަތު ހަމަވުމުގެ ކުރިންނެވެ.

އެމަރިކާ އިން އިން ވަނީ ހަނގުރާމަކުރުން ހުއްޓާލައި މަޝްވަރާގެ މޭޒަށް ދެފަރާތުން ވެސް އައުމަށް ގޮވައިލައިފަ އެވެ.


މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް