ހަތް އަހަރުގެ ރޮހިންގާ ފިރިހެންކުއްޖަކު އޭނާގެ ދެ އަހަރުގެ ކޮއްކޮ އުރައިގެން ހަ ދުވަސް!

ޔޮސާރު އޭނާގެ ކޮއްކޮ ކޮނޑަށްލައިގެން ހަ ދުވަސް ހިނގި -- ފޮޓޯ : އޭޕީ

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަނގުލަދޭޝަށް ވަނުމަށްޓަކައި ރޮހިންގާގެ އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ދެ އަހަރުގެ އަންހެން ކޮއްކޮ ގޮވައިގެން ހަ ދުވަސް ވަންދެން ހިނގައިފިއެވެ.

ޔޮސާރު ހުސެއިން އެ އުނދަގޫ ދަތުރު ކުރީ އޭނާގެ އަންހެން ކޮއްކޮ ކޮނޑަށް ލައިގެން ހުސްފައިގައެވެ.

ޔޮސާރު، އޭނާ ސްކޫލަށް ގެންދިޔުމަށް އުފުލާ ދަބަަހަށްވުރެ ބަރު އެ ކޮއްކޮ ކޮނޑަށްލައިގެން ކުރި ދަތުރު އެސޯސިއޭޓެޑް ޕްރެސްގެ ފޮޓޯ ޖާނަލިސްޓު ގެމުނޫ އަމަރުސިންގަގެ ފޮޓޯއިން ވަނީ ވަރަށް އަސަރާއެކު ގެނެސްދީފައެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނާ ގޮތުގައި ޔޮސާރުގެ ބައްޕަ ވަނީ މިޔަންމާ ސިފައިންގެ ހަމަލާއެއްގެ ޝިކާރައަކަށްވެ ޝަހީދުވެފައެވެ. ނަމަވެސް އޭނާގެ މަންމައާއި ތިން ކޮއްކޮ އާއި އާއިލާގެ ބައެއް އެހެން މީހުން ވަނީ ނަސީބަކުން ސަލާމަތްވެފައެވެ.

ބަނގުލަދޭޝަށް ވަނުމަށް އެ އާއިލާއިން އެތައް ދުވަހެއް ވަންދެން ހިނގިއިރު އެމީހުން ކެއީ އަތު ޖެހުނު އެއްޗެކެވެ.

" ކޮއްކޮ ވަރަށް ބަރު. އަޅުގަނޑު ހިއެއް ނުކުރަން ކޮއްކޮ ކޮަނޑަށް ލައިގެން ދެވޭނެ ކަމަކަށް،" ޔޮސާރު ބުންޏެވެ.

comment ކޮމެންޓް