Sun Online
އިންޑިއާގެ ރެފިއުޖީ ކޭމްޕެއްގައި ރޮހިންގާ މުސްލިމުން
އިންޑިއާގެ ރެފިއުޖީ ކޭމްޕެއްގައި ރޮހިންގާ މުސްލިމުން
ރޮހިންގާ

އިންޑިއާގައި ރޮހިންގާ ދެމަފިރިއަކަށް ހަމަލާދީފި، ދެމަފިރިންގެ ހާލު ސީރިއަސް

މުހައްމަދު އައުޒަމް
ލިޔުނީމުހައްމަދު އައުޒަމް

އިންޑިއާގެ ހައިދަރު އާބާދުގައި އުޅުނު ރޮހިންގާ މުސްލިމު ދެމަފިރިއަކަށް ހަމަލާދިނުމުގެ ސަބަބުން އެ މީހުންގެ ހާލު ވަރަށް ސީރިއަސް ވެއްޖެއެެވެ.

ތިރީސް ދެ އަަހަރުގެ މައުލާނާ ޒާހިދު ހުސައިން އަދި 28 އަހަރުގެ ހަދީޖާ ބޭގަމް އަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ބޭނުން ކޮށްގެންނެވެ. އެ ދެމަފިރިންނަށް ހައިދަރުއާބާދުގެ އޮސްމޭނިއާ ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ދެ މީހުންގެ ހާލު ވެސް ވަރަށް ސީރިއަސް އެވެ.

ހައިދަރުއާބާދުގެ ބަލާޕޫރު ޕޮލިސް ސަބް އިންސްޕެކްޓަރު ސުދާކަރު ވިދާޅުވީ އެ ރޮހިންގާ މުސްލިމު ދެ މަަފިރިން ބަލާބޫރުގެ ރެފިއުޖީ ކޭމްޕެއްގައި ތިބޭތާ ހަތަރު އަހަރު ވެދާނެ ކަމަށާއި އަދި އެ މީހުންނަށް ހަމަލާ ދީފައި ވަނީ ހަތް ވަރަކަށް މީހުންގެ ގްރޫޕަކުން ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރި ފުލުހުން ބުނީ އެ ދެމަފިރިންނަށް ހަމަލާދިން މީހުން ވާހަކަ ދައްކަމުން ދިޔައީ ބަރުމާ ބަހުން ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިޔަންމާގައި މިފަހަރު މުސްލިމުންނާ ދެކޮޅަށް ހަމަލާތައް ދޭން ފެށިފަހުން ރޮހިންގާ މުސްލިމުންގެ ފަސް ލައްކައަށް ވުރެ ގިނަ މީހުން އެ ގައުމު ދޫކޮށް ބަންގުލަދޭޝްއަށް ވަދެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

×
DB released.