އަމީތާބުގެ 75 ވަނަ އުފަންދުވަސް ރާއްޖޭގައި ސިއްރުން ފާހަގަކޮށްފި

"ހެޕީ ބާތުޑޭ" ލިޔެފައި ރޯކޮށްފައި ހުރި އެއްޗަކަށް އަމީތާބު ބަލަނީ- ފޮޓޯ/ސޯޝަލް މީޑިއާ

ބޮލީވުޑްގެ 'ކިންގް" އަމިތާބް ބައްޗަންގެ 75 ވަނަ އުފަންދުވަސް ވަރަށް ސިއްރު ގޮތެއްގައި ރާއްޖޭގައި ފާހަގަކޮށްފި އެވެ.

ފިލްމީ ތަރި އަމީތާބަށް އިއްޔެ 75 އަހަރު ފުރުނު އިރު މި މަހުގެ 10 ވަނަ ދުވަހު އާއިލާ އެކު ރާއްޖެ އައިސްފައި ވަނީ މީގެ ކުރިން އިންޑިއާގެ ނޫސްތަކުން އަމީތާބް އުފަން ދުވަސް ފާހަގަކުރަނީ އެ މީހުންގެ ގޭގައި ކަމަށް ބުނެފައި ވަނިކޮށެވެ.

އަމީތާބްގެ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ ސިއްރުން ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އަބިޝޭކް ވަނީ އަމީތާބްގެ އުފަން ދުވަސް ފާހަަގަ ކުރުމަށް ބޭއްވި ހަރަކާތުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުގައި އެ އާއިލާ ރޭ ވަނީ އަމީތާބްގެ އުފަން ދުވަހަށް ހާއްސަކޮށް ރޭގަނޑުގެ ކެއުމެއް ބާއްވައިފަ އެވެ. އަދި ރޭ އެ އާއިލާއިން ވަނީ ކޭކެއްވެސް ފަޅައިފަ އެވެ.

އަބީޝޭކް އާއި އަބީޝޭކްގެ އަންހެނުން އައިޝްވާރިޔާއާ އެ މީހުންގެ ދަރިފުޅު ވެސް ވަނީ އަމީތާބްގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިއްސަފަ އެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތިރަށުގައި އެވެ. މިދިޔަ އަހަރު އެ ރިސޯޓުގައި އަބީޝެކްގެ އުފަންދުވަސް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް