މާސްޓާ އިން އާކިޓެކްޗާ ކޯހެއް ފަށަނީ

ފެކަލްޓީ އޮފް އިންޖީނިއެރިންގްގެ ޑީން ގާނިމް މުހައްމަދު ވާހަކަފުޅު ދައްކަވަނީ- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާސްޓާ އިން އާކިޓެކްޗާ ކޯހެއް 2019 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފެކަލްޓީ އޮފް އިންޖީނިއެރިންގްގެ ޑީން ގާނިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ސެންޓަރަލް އެޑްމިނިސްޓްރޭޓިވް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އަންނަ އަހަރުގެ ޖަނަވަރީ މަހު ފައްޓާ އެ ކޯހަކީ ބެޗްލާ އޮފް ސައިންސް އިން އާކިޓެކްޗާ ރިވިއުކޮށް އެކުލަވައިލި މާސްޓާސް ކޯހެއް ކަމަށެވެ.

ފެކަލްޓީ އޮފް އިންޖީނިއަރިންގްގައި ހިނގަމުންދާ ސައިންސް އިން އާކިޓެޗާ ރިވިއުކޮށް އެކުލަވައިލާ މާސްޓާ ކޯސް އެކުލަވައިލުމަށް ޓަކައި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފެކަލްޓީ އޮފް އިންޖީނިއަރިންގް ޓެކްނޮލޮޖީގެ ޑީން ގާނިމް މުހައްމަދެވެ. އަދި ޔޫޓިލިކޯގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިންގް ޑިރެކްޓާ އަލީ އަހުސަން އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު- ސަން ފޮޓޯ/ފަޔާޒު މޫސާ

ޑީން ވިދާޅުވީ މާސްޓާސް ކޯހުން ގިނަ އަދަދެއްގެ މައުލޫމާތު ލިބޭނެ ކަމަށާއި އިމާރާތެއް ފަރުމާ ކުރާއިރު އިމާރާތުގެ ބިންގާ އަޅާ ހިސާބުން ފެށިގެން އިމާރާތް ނިމެންދެން ކަން ކުރަންވީ ގޮތް އެ ކޯހުން އެނގިގެންދާނެ ކަމަށާއި އޭގެ އިތުރުން ވެސް އާކިޓެކްޗާ އާ ބެހޭ ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށެވެ.

"ކްލައިމެޓްގެ މުހިއްމު ކަންތައްތައް އެ ކޯހުން އެނގިގެންދާނެ. އިމާރާތް ފަރުމާ ކުރުމުގައި އިސްކަން ދޭން ޖެހޭ ހުރިހާ ކަމެއް މި ކޯހުން އެނގިގެންދާނެ. މިހާރު ވެސް އާކިޓެކްޗާގެ ޑިގްރީ ކޯސްތަކެއް އެބަ ކުރިއަށް ގެންދަން. އެކަމަކު މާސްޓާސް ފެށިގެންދާނީ އަންނަ އަހަރުގައި،" އޭނާ ވިދާޅުވި އެވެ.

ގާނިމް ވިދާޅުވީ އެ މަސައްކަތަކީ މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީގެ މިނިސްޓަރު ތާރިގް އިބްރާހިމްގެ އިސްނެންގުވުމުގެ މަތިން ހިނގާ ޕްރޮޖެކްޓެއް ކަމަށެވެ.

comment ކޮމެންޓް