އިސްލާމިކް ފައުންޑޭޝަނުން ރޮހިންގާ މުސްލިމުންނަށް އެއްމި ލިއަން ރުފިޔާ

އިސްލާމިކް ފައުންޑޭޝަނުގެ ފަންޑަށް ލިބުނު އިއްމިލިއަން ރުފިޔާ އިސްލާމިކް ރިލީފް ވޯލްޑް ވައިޑާ ހަވާލުކުރަނީ--

ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަނުން ހުޅުވާލި ފަންޑަށް ލިބުނު އެއް މިލިއަން ރުފިޔާ ރޮހިންގާ މުސްލިމުންނަށް ހަދިޔާ ކޮށްފިއެވެ.

އިސްލާމިކް ފައުންޑެޝަނަށް ލިބުނު އެހީ ހަވާލުކޮށްފައި ވަނީ އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލަގްވާމީ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ރިލީފް ވޯލްޑްވައިޑާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ސޯމާލިއާ މުސްލިމުންނަށް އެހީފޯރުކޮށްދިނުމަށް އިސްލާމިކް ފައުންޑޭޝަނުން 2011 ވަނަ އަހަރު އެއްކުރި ފައިސާ ވެސް ހަވާލުކޮށްފައި ވަނީ އިސްލާމިކް ރިލީފް ވޯލްޑްވައިޑު މެދުވެރިވެގެން ކަމަށް އިސްލާމިކް ފައުންޑޭޝަނުން ބުންޏެވެ.

އިސްލާމިކް ފައުންޑޭޝަނުން ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ކުރާ ދަތުރުގައި ބަނގުލަދޭޝްގައި--

އިސްލާމިކް ފައުންޑޭޝަނުން އެ ފައިސާ ހަވާލުކޮށްފައި ވަނީ އެ ޖަމިއްޔާގެ ރައީސް އިބްރާހިމް ފައުޒީ އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަދި އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް ނާޒިމްއެވެ.

އިސްލާމިކް ރިލީފް ވޯލްޑް ވައިޑްގެ ފަރާތުން އެ ފައިސާއާ ހަވާލުވެވަޑައިގެންނެވީ އެ ޖަމިއްޔާއިން ބަނގުލަދޭޝަށް ކަނޑައަޅާފައިހުންނަވާ ހެޑް އޮފް ހިޔުމަނިޓޭރިއަން ޕްރޮގްރާމުގެ ވެރިޔާ ޢުލާމް މުއްތަސިމް ބިﷲ އެވެ.

އިސްލާމިކް ފައުންޑޭޝަނުން ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ކުރާ ދަތުރުގައި ބަނގުލަދޭޝްގައި---

އިސްލާމިކް ފައުންޑޭޝަނުގެ ފަރާތުން ރޮހިންގާ މުސްލިމުންގެ ހާލު ބެލުމަށް ބަންގުލަދޭޝްއަށް ފަށާފައިވާ ދަތުރުގައި ރާއްޖޭގެ އެމްވީޓީވީ ބައިވެރިވެ އެވެ.

އިސްލާމިކް ފައުންޑޭޝަނުން ބުނީ މިހާރު ކުރަމުންދާ ދަތުރުގައި ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ ރޮހިންގާ މުސްލިމުންނަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން އެހީ ފޯރުކޮށްދިނުމަށް ހިންގި ހަރަކާތުގައި ރާއްޖޭގެ ބައެއް ކައުންސިލްތަކާއި ކްލަބު ޖަމިއްޔާތަކާއި ދައުލަތުގެ މުވައްސަސާތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް ވެސް އިސްލާމިކް ފައުންޑޭޝަނުން ބުންޏެވެ.

comment ކޮމެންޓް