ކެފޭ، ރެސްޓޯރެންޓް ތަކަށް ގޮސް، ހިތްހަމަ ނުޖެހެނީ މިހެންވެ!

ކަސްޓަމަރުން ހިތްހަމަ ޖެހޭގޮތަށް ކަންކަން އިންތިޒާމުކޮށްދިނުމަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ވަރަށް ބޮޑަށް ސަމާލުކަން ދޭކަމެއް -- ސަން ފައިލް ފޮޓޯ

ހޮޓާތަކާއި، ކެފޭ ތަކަށް ޢާއްމުކޮށް ގޮސް އުޅެނީ ބުރަމަސައްކަތުގައި އަވަދިނެތިވެ އުޅޭ ފަރާތްތަކެވެ. އުޅެންޖެހޭ ގޮތުން ކޮންމެ ފަހަރަކު ކާން ގެއަށް ދިއުން އެފަރާތްތަކަށް ވެފައިވަނީ ދަތިކަމަކަށެވެ. ރައްޓެއްސަކާއި ވާހަކައެއް ދައްކާލާ މަޝްވަރާކޮށްލުމަށް، ނުވަތަ މުހިއްމު ކަމެއްގައި މީހަކާ ބައްދަލުކޮށްލުމަށްވެސް އެންމެ މުނާސަބު ވެފައި އޮންނަނީ ކެފޭ ނުވަތަ ރެސްޓޯރެންޓެވެ. ބުރަބޮޑުވުމުން ބޯހަމަޖައްސާލުމަށްވެސް ގިނަފަހަރަށް އެކަނި ނުވަތަ މީހަކާއެކު ނަމަވެސް، "ކޮފީއަކަށް ޖައްސާލެވޭނީ" މިފަދަ ތަނަކަށެވެ. މާލެ ފަދަ ތަންތަނުގައި މިކަން މިހެން ވަނީ ދިރިއުޅުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުންނެވެ.

ކަންމިހެން އޮތް އިރު ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ޙާލަތަކީ ކޮބައިބާއެވެ؟ މިޚިދުމަތްދޭ ފަރާތްތަކުގެ އެއް މަޤްޞަދެއްކަމުގައި ވާނީ، މިތަންތަނަށް އަންނަ ފަރާތްތަކުން ހިތްހަމަ ޖެހޭފަދަ ޚިދުމަތެއްދީ، ތަނަށް ވީހާވެސް ގިނަ ކަސްޓަމަރުން ވަންނާނެ ފަދަ ގޮތަކަށް އެފަރާތްތަކާއި މުޢާމަލާތު ކުރުމެވެ. މިކަން މިގޮތަށް ކުރުމަށް އެފަރާތްތަކުން ނުހަނު މަސައްކަތްވެސް ކުރެއެވެ. ނަމަވެސް ކަސްޓަމަރުންނާ ކުރިމަތިވާ ގޮންޖެހުންތައްވެސް މަދެއްނޫނެވެ. އަދި އެގޮންޖެހުންތަކުގެ ނަތީޖާވެސް ރަނގަޅެއް ނޫނެވެ.

ކެފޭއަށް ވަދެ ވެއިޓަރެއް ނުވަތަ ޚިދުމަތްދޭ ފަރާތުގެ ޚަބަރެއް ނުވެ، އެތައް އިރެއް ހޭދަކުރަން ޖެހޭ ފަހަރު މަދެއް ނޫނެވެ. ބުރަ މަސައްކަތުގައި އުޅެމުން އަވަސްކޮށްލުމަށްޓަކައި މިފަދަ ތަންތަނަށް ވަންނަ މީހުނަށް މިކަން ވެގެންދަނީ ވަރަށްވެސް ބޮޑު ގެއްލުމަކަށެވެ. ބޭކާރުވެގެންދާ ވަގުތުތަކަކަށެވެ. އޯޑަރު ދިނުމަށްފަހު، އެއްޗެހި ގެންނަފަހުން އިތުރަށް ކަމެއް ބޭނުންވާ ވަގުތު ވެއިޓަރެއް ފެންނަން ނުހުރެދާނެއެވެ. ނުވަތަ އެމީހުންގެ "ބިޒީ"ކަމުން ކަސްޓަމަރު ގޮވާ ގޮވާ ބަލިވާއިރު އެތައް ފަހަރަކު އަޑުނީވި ދެއެވެ.

ބައެއް ކެފޭތަކުގައި، ކައިނިމިގެން އަވަހަށް ދާން ބޭނުންވެގެން، ބިލް ނުގެނެސްގެން، ނުވަތަ ބިލް ގެންނަން ބުނަން ބޭނުންވާއިރު ވެއިޓަރެއްގެ އެހީ ނުލިބިގެން، އެތައް ވަގުތެއް ބޭކާރުވެގެންދާ ފަހަރު ވަރަށްވެސް ގިނައެވެ. އެހެންގޮތަކަށް ދަންނަވާނަމަ މިއީ "ކަސްޓަމަރ ސާރވިސް" ސުމަކަށް ވެއްޓުމެވެ. ކަސްޓަމަރުން އެތަނަކާއިމެދު ހިތްހަމަ ނުޖެހި، އެތަނަކަށް ދެވަނަ ފަހަރަށް ދާން ފޫހިވަނީ މިފަދަ ކަންކަމުގެ ސަބަބުންނެވެ. ގެއްލޭ އެންމެ ކަސްޓަމަރަކީވެސް ވިޔަފާރިއަށް ބޮޑު ގެއްލުމެކެވެ. މިއީ އެއްގޮތަކަށްވެސް މިފަދަ ޚިދުމަތްދޭ ތަންތަނުން ކަންތައް ވުމަށް އެދޭނެ ގޮތެއް ނޫނެވެ. ވީއިރު މިކަމާއިމެދު މިއަދު ފުންކޮށް ވިސްނަން ވެއްޖެއެވެ. މީގެ ޙައްލު ހޯދަން އެބަ ޖެހެއެވެ.

ޒަމާނީ ޓެކްނޮލޮޖީ މިއަދު މިވަނީ މިފަދަ ކަންކަމަށްވެސް މޮޅެތި ޙައްލުތައް ހޯދާފައެވެ. މިގޮތުން މިކަން ޙައްލުކޮށްލުމަށް ވަރަށް ފަސޭހަ އަދި ޚަރަދު ކުޑަގޮތެއް އެބައޮތެވެ. ކޭބަލް ތަކެއް އެޅުމަކާއި ނުލައި، ކެފޭ ނުވަތަ ރެސްޓޯރެންޓްގެ މޭޒުތައްމަތީ "ވަޔަރލެސް ސާރވިސް ކޯލް ބަޓަނެއް" ބައިންދާލަންވީއެވެ. އެއިރުން ވެއިޓަރަށް ގޮވާ އަޑުގަދަ ނުކޮށް ކަސްޓަމަރ ޖެހޭނީ އެބަޓަނަށް ފިތާލާށެވެ. ދެން ކައުންޓަރުގައި އިންނަ ކުޑަ ޑިސްޕްލޭއަކަށް މޭޒު ނަމްބަރު އެރުމަށްފަހު، އެނަމްބަރު މޭޒުން ގޮވާ ވާހަކަ ބުނާނެއެވެ. އެމޭޒަކަށް ވެއިޓަރަކު ފޮނުވާ ޚިދުމަތް ދިނުން އެއިރުން އިންތިހާއަށް ފަސޭހަވެ، ކުރިން ދެންނެވިފަދަ މައްސަލަތައް ޙައްލުވީއެވެ. ކަސްޓަމަރުން އެއިރުން ނިމިގެން ނުކުމެގެންދާނީ، އުފަލާއި ހިތްހަމަ ޖެހުމާއިއެކު ދެވަނަ ފަހަރަށްވެސް އެތަނަށް އައުމުގެ އުއްމީދުގައެވެ. ޚިދުމަތް ހޯދަން ފަސޭހަވެފައި "ކަސްޓަމަރ ސާރވިސް" ޒަމާނާއި އެއްގޮތަށް މެކުހަށް ޖަހާފައިވާތީއެވެ.

މިފަސޭހަ ޒަމާނީ ޓެކްނޮލޮޖީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ޓެކްނޮލޮޖީގެ ރޮނގުން މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގައި ރަސްކަން ކުރަމުން އަންނަ ލިންކްސާރވްއިންނެވެ. ލިންކްސާރވްގެ ޝޯރޫމަށް ޒިޔާރަތްކޮށް މިސިސްޓަމް މަސައްކަތްކުރާ ގޮތްބަލައި، އަގުހެޔޮކޮށް މި ސިސްޓަމް ގަނެލެވޭނެ އިންތިޒާމު ލިންކްސާރވްއިން ވަނީ ހަމަޖައްސާފައެވެ. ގެސްޓްހައުސްތަކަށާއި ކެފޭ އަދި ރެސްޓޯރެންޓް ތަކަށް މިސިސްޓަމް ލިންކްސާރވްއިން ވިއްކަނީ ޚާއްސަ ހެޔޮ އަގެއްގައެވެ. އިތުރު މަޢުލޫމާތު ސާފުކޮށްލުމަށް 3003000 އަށް ގުޅާލުމުން މަޢުލޫމާތު ސާފުކޮށްލެވޭއިރު، މިފަދަ ޒަމާނީ ޓެކޮނޮލޮޖީގެ ބޭނުން ހިފައި، ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ޚިދުމަތް ދިނުން މިއަދު ކޮންމެހެންވެސް މުހިއްމެވެ.

comment ކޮމެންޓް