އީކުއޭޓާ އައްޑޫ ސިޓީ މެރަތަންއަށް އުންމީދު ނުކުރާހާ ބޮޑު ތަރުހީބެއް!

އަންނަ ޑިސެމްބަރު މަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އީކުއޭޓާ އައްޑޫ ސިޓީ މެރަތަން"އަށް އުންމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ މެރަތަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ރާއްޖޭގެ ކުރީގެ ކާމިޔާބު ދުވުންތެރިޔާ ނަސީރު އިސްމާއީލް ބުނެފިއެވެ.

ނަސީރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ)އާއި ރަނާސް މޯލްޑިވްސް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މެރަތަން ވެގެންދާނީ ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ބައިނަލްއަގުވާމީ މެރަތަންއަށެވެ. އެ މެރަތަންގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.

ނަސީރު ބުނީ، މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 500 ދުވުންތެރިން ބައިވެރިވެފައިވާ ކަމަށާއި އެ މެރަތަންގައި 1500 ދުވުންތެރިން ވާދަކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މިހާރު ވެސް މެރަތަންގައި ބައިވެރިވާން ބޭނުންވާ ބިދޭސީ ދުވުންތެރިން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ދެކުނު އޭޝިއާގެ ދުވުންތެރިންނަށް ވަރަށް ރަނގަޅު ޕްރޮމޯޝަނެއް ހުޅުވާލާފައި. ދުވުމުގައި ބައިވެރިވާ ދެކުނު އޭޝިއާއަށް ނިސްބަތްވާ ދުވުންތެރިންނަށް އެކޮމޮޑޭޝަން އަދި ކެއުމުގެ ކަންތައް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. މިހާރު ވެސް މި މެރަތަނަށް ބޮޑު ތަރުހީބެއް ލިބެމުންދޭ. އޮންލައިންކޮށް ދުވާލަކު 50-30 ދުވުންތެރިން ދަނީ ބައިވެރިވަމުން،" އޭނާ ބުންޏެވެ.

ނަސީރު ބުނީ، ކެންޔާގެ ދެ ފިރިހެން ދުވުންތެރިޔަކާއި ދެ އަންހެން ދުވުންތެރިޔަކު ވާދަކުރާނެ ކަމަށާއި އިނގިރޭސި ވިލާތާއި ސްރީ ލަންކާގެ ދުވުންތެރިން ވެސް ވާދަކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އެ މެރަތަންގައި ބައިވެރިވާން ބޭނުންވާނަމަ، އޮންލައިންކޮށް އަދި އައްޑޫ "އަބުހަރީ ގްރޭންޑް ހޮޓެލް"ގައި ހުންނަ މެރަތަން އޮފީހުން ވެސް ރަޖިސްޓަރީ ވެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ކުރިއަށްގެންދާ އެ މެރަތަން ވެގެންދާނީ ރާއްޖޭގެ އެންމެ އަގުބޮޑު މެރަތަންއަށެވެ. އެ މެރަތަންގެ ވަނަވަނައަށް ހޮވޭ ދުވުންތެރިންނަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

އީކުއޭޓާ އައްޑޫ ސިޓީ މެރަތަންގެ ފައިސާގެ އިނާމުތައް:

މެރަތަން އޯޕަން ކެޓެގަރީ

  • އެއްވަނަ- 5000 ޑޮލަރު
  • ދެވަނަ- 3000 ޑޮލަރު
  • ތިންވަނަ- 2000 ޑޮލަރު
  • ހަތަރުވަނަ- 500 ޑޮލަރު
  • ފަސްވަނަ- 250 ޑޮލަރު
  • ހަވަނަ އިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް- 100 ޑޮލަރު

ފުލް މެރަތަން އޯޕަން ކެޓެގަރީ (ވެޓެރަންސް)

  • އެއްވަނަ- 300 ޑޮލަރު
  • ދެވަނަ- 200 ޑޮލަރު
  • ތިންވަނަ- 100 ޑޮލަރު

ހާފް މެރަތަން އޯޕަން ކެޓެގަރީ

  • އެއްވަނަ- 1000 ޑޮލަރު
  • ދެވަނަ- 800 ޑޮލަރު
  • ތިންވަނަ- 600 ޑޮލަރު

ދިހަ ކިލޯމީޓަރު އޯޕަން ކެޓެގަރީ

  • އެއްވަނަ- 700 ޑޮލަރު
  • ދެވަނަ- 500 ޑޮލަރު
  • ތިންވަނަ- 200 ޑޮލަރު

ފަސް ކިލޯމީޓަރު ކެޓެގަރީ

  • އެއްވަނަ- 300 ޑޮލަރު
  • ދެވަނަ- 200 ޑޮލަރު
  • ތިންވަނަ- 100 ޑޮލަރު
  • ހަތަރުވަނަ އިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް- 50 ޑޮލަރު

ފަސް ކިލޯމީޓަރު އޯޕަން ކެޓެގަރީ

  • އެއްވަނަ- 500 ޑޮލަރު
  • ދެވަނަ- 300 ޑޮލަރު
  • ތިންވަނަ- 200 ޑޮލަރު

ފަސް ކިލޯމީޓަރު ހިނގުން/ ވެޓެރަންސް ކެޓަގަރީގެ ދުވުން (50 އަހަރުން މަތީގެ ފަރާތްތަކަށް)

  • އެއްވަނަ- 300 ޑޮލަރު
  • ދެވަނަ- 200 ޑޮލަރު
  • ތިންވަނަ- 100 ޑޮލަރު
comment ކޮމެންޓް