"އަވެން" ބްރޭންޑްގެ އުފެއްދުންތައް ޕްލާޒާ އެންޓަޕްރައިޒަސް އިން ރާއްޖެއަށް ތައާރަފްކޮށްފި

އަވެންގެ އުފެއްދުންތަށް ރާއްޖެއަށް ތައާރަފް ކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕްލާޒާ

މުޅި ދުނިޔޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ފްރާންސްގެ "އަވެން" ބްރޭންޑްގެ ޕްރޮޑަކްޓްތައް ޕްލާޒާ އެންޓަޕްރައިޒަސް އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްލާޒާއިން ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ސްކިން ކެއާ ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ އަވެންގެ 11 ޕްރޮޑަކްޓެއް ރާއްޖެއަށް ތައާރަފްކޮށް، ބާޒާރަށް ނެރެފަ އެވެ.

އޭގެ ތެރޭގައި އަވެންގެ މަގްބޫލު ތާމަލް ސްޕްރިންގް ވޯޓާ، ސަން ސްކްރީން ލޯޝަންތަކާއި، ސްޕްރޭ، އަދި އެވޭން ބްރޭންޑްގެ ޑެއިލީ މިސެލާ ލޯޝަންގެ އިތުރުން ހަންގަނޑު މާބޮޑަށް ތެޔޮވާނަމަ ބޭނުންކުރެވިދާނެ އުފެއްދުންތަކާއި، ކްލެންސިން ފޯމް ހިމެނެ އެވެ.

އަވެން ތާމަލް ސްޕްރިންގް ވޯޓާ -- ފޮޓޯ: ޕްލާޒާ

އަވެން ބްރޭންޑްގެ އެންޓި އޭޖިން ރޭންޖުގައި ހިމެނޭ ހަންގަނޑަށް ރޫ އެރުމުން ދުރުކޮށްދޭ ކްރީމްތަކާއި، އެމަލްޝަން އަދި ލޮލާއި ތުންފަތުގެ ހަންގަނޑަށް އެކަށީގެންވާ ފަރުވާތައް ލިބިދޭ އުފެއްދުންތަކުގެ އިތުރުން ހަމުގެ ކުލަ އެއްވަރުކޮށްދީ މޫނަށް އިތުރު އުޖާލާކަން ގެނެސްދޭ އަވެންގެ ވައިޓްނިން އެސެންސް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.

ޕްލާޒާއިން ބުނީ އެ ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓްތައް ޕްލާޒާ އެންޓަޕްރައިޒަސްގެ މާލެ އަދި ހުޅުމާލޭގެ އައުޓްލެޓް ތަކުންނާއި ބައެއް ފާމަސީ ތަކުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އަވެންގެ ތާމަލް ސްޕްރިންގް ވޯޓާ އަކީ 1743 ވަނަ އަހަރުން ފެށިގެން "ޕިއާ ފެބާ ޑާމާ ކޮސްމެޓިކް" ކުންފުނިން، ނާޒުކު ހަމަށް ފަރުވާ ކުރުމަށް ފްރާންސްގެ އަވެންގެ ފަރުބަދަތަކުން ނަގާ ފެނެވެ. ހުރިހާ އުމުރަކަށް ވެސް އަވެންގެ ތާމަލް ސްޕްރިންގް ވޯޓާ ބޭނުން ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ. އޭގެ އިތުރުން މި އުފެއްދުމުގައި ހަމުގެ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި ހަމުގެ ޑޮކްޓަރުން ލަފާދެއްވާ ކްލިނިކަލީ ޕްރޫވަން މާއްދާއެއް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިޕްރޮޑަކްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ބޭނުންތަކަށް ބޭނުން ކުރަމުން އަންނަ، އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޓެކެވެ. އެގޮތުން އަވެން އިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޮންމެ ދެ ސިކުންތަކުން އެ ކުންފުނީގެ ތާމަލް ސްޕްރިންގް ވޯޓާ ފުޅިއެއް ވިކެ އެވެ.

އަވެން ބްރޭންޑްގެ އެންމެ ހާއްސަ އެއްކަމަކީ އެހެން އުފެއްދުންތަކާ ހިލާފަށް އެ އުފެއްދުމަކީ ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކަކަށް ވުން ކަމަށް އެ ކުންފުނިން ބުނެ އެވެ. މި އުފެއްދުން ތަައާރަފް ކޮށްފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވަށްޓާ ގުޅޭނެފަދަ ކެމްޕޭން "ސްކިން ޕްރޮޓެކްޓް، އޯޝަން ރެސްޕެކްޓް"ގެ ދަށުންނެވެ.

އަވެން ސަން ޕްރޮޓެކްޝަން ސްޕްރޭ -- ފޮޓޯ: ޕްލާޒާ

ޕްލާޒާ އެންޓަޕްރައިޒަސްގެ އައުޓްލެޓް ތަކުގެ އިތުރުން އެކުންފުނީގެ ޕާޓްނާ ހޮޓެލްތަކާއި 25 ރިސޯޓަކުން ވެސް އަވެންގެ އުފެއްދުންތައް މިހާރު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް