މުސްލިމުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފާޅުކުރާ ޝުއޫރުތައް ޗަައިނާގައި މަނާކޮށްފި

ޗައިނާގެ މުސްލިމެއް -- ފޮޓޯ: އޭޕީ

މުސްލިމުންނާ ދެކޮޅަށް ސޯޝަލްމީޑިއާގައި ފާޅު ކުރާ އެކިއެކި ޝުއޫރުތައް ޗައިނާއިން މަނާކޮށްފިއެވެ. އެގޮތުން މުސްލިމުންނާ ދެކޮޅަށް އާންމުކޮށް ޗައިނާގެ ސޯޝަލް މީޑިއާގައި ބޭނުންކޮށްއުޅޭ ބަސްތައް އެ ގައުމުގެ އެކިއެކި ސޯޝަލް މީޑިއާތަކުގައި ބްލޮކްކޮށްފައި ވާކަމަށް ޗައިނާގެ ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީއާ ގުޅިފައިވާ ގްލޯބަލް ޓައިމްސް އިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.

"ސުލްހަވެރި ދީން"، " ފެހި ދީން" ފަދަ މުސްލިމުންނާ ދިމާކުރުމަށް އާންމުކޮށް ސޯޝަލް މީޑިއާގައި ވަށްބަހުން ބޭނުންކޮށްއުޅޭ ބަސްތައް ވެސް ވަނީ ސޯޝަލް މީޑިއާގައި މަނާ ކޮށްފައެވެ.

" މުސްލިމުންނާ ޖައްސާލައި އެމީހުންނާ މެދު މީހުންގެ މެދުގައި ނަފުރަތާއި ބިރުވެރިކަން އުފެއްދުން ހުއްޓުވުމަށްޓަކައި އެފަދަ ބަސްތައް ސޯޝަލް މީޑިއާއިން ނެގުމަކީ މިހާރު ކޮންމެހެންވެސް ކުރަންވެފައި އޮތް ކަމެއް. އެފަދަ އަމަލުތަކަކީ މިގައުމުގެ އަމާންކަމަށާއި އެކި ދީންތައް ސުލްހަވެރިކަމާއެކު މިގައުމުގައި އުޅުމަށް އެޅޭ ހުރަހެއް،" މިންޒޫ ޗައިނާ ޔުނިވާސިޓީގެ ޕްރެފެސަރެއް ކަމަށްވާ ޒިއޮންގް ކުންޒިން ވިދާޅުވިއެވެ.

ޗައިނާގައި 20 މިލިއަން މުސްލިމުން އުޅޭއިރު ގިނަ މުސްލިމުން ދިރިއުޅެނީ ޒިންޖިއޭންގް އުއިގާ އޮޓޯނަމަސް ރީޖަން ސަރަހައްދުގައެވެ.

comment ކޮމެންޓް