ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް ބާއްވައިފި

ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގެ ތެރެއިން: އެ ކޮންފަރެންސްގައި ގެސްޓްހައުސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވަނި ބައިވެރިވެފައި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ރާއްޖޭގެ ގެސްޓްހައުސް ތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ގެޓްއަވޭސް އިން އިންތިޒާމް ކޮށްގެން ކޮންފަރެންސެއް ބާއްވައިފި އެވެ.

އެއް ދުވަހުގެ މުއްދަތަށް މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގައި 170 ގެސްޓްހައުސް އާއި 250 ޓްރެވަލް އެޖެންޓުން ބައިވެރިވި އެވެ.

ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގެ ތެރެއިން: އެ ކޮންފަރެންސްގައި ގެސްޓްހައުސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވަނި ބައިވެރިވެފައި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މިއަދުގެ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާން ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ ސޯކޯ ނޯޑާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރަމުންދާ ކަމަށާއި ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރި ކުރަމުންދާ ރަށްރަށަށް އޭގެ ވަރަށްބޮޑު މަންފާއެއް ކުރާ ކަމަށެވެ.

ހާއްސަ ގޮތެއްގައި ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތާއި އޭގެ ސަބަބުން ތިމާވެއްޓަށް ފައިދާކުރާނެ މިންވަރު އިތުރުވާނެ ކަމަށްވެސް ސޯކޯ ނޯޑާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގެ ތެރެއިން: އެ ކޮންފަރެންސްގައި ގެސްޓްހައުސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވަނި ބައިވެރިވެފައި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މިފަހަރުގެ ގެސްޓްހައުސް ކޮންފަރެންސްގައި އެކްސްޕީޑިއާ އިންކު، ޕާލޭ މޯލްޑިވްސް، ބުކިން ޑޮޓް ކޮމް، އެކޯ ހޮޓެލްސް މޯލްޑިވްސް، ވުމެން އެންޓަޕްރެނިއާސް އެސޯސިއޭޝަން މޯލްޑިވްސް އަދި ޔޫއެންޑީޕީގެ ބޭފުޅުން ވަނި ބައިވެރިވެފައެވެ.

އެ ބޭފުޅުން ވަނީ ރާއްޖޭގެ ގެސްޓްހައުސް ކުރިއެރުވުމަށް ކުރެވިދާނެ އެތައް ކަމެއްގެ ވާހަކަދައްކައި، މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

comment ކޮމެންޓް