ރެހެންދި ފްލެޓްގެ އެޕާޓްމެންޓެއް ބަލައި ފާސްކޮށްފި

ރެހެންދި ފުލެޓުން އެސްއޯ ފުލުހުން ނުކުންނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރެހެންދި ފްލެޓްގެ އެޕާޓްމަންޓެއް މިރޭ ބަލައި ފާސްކޮށްފި އެވެ.

ފުލުހުން ބުނީ އެ އެޕާޓްމަންޓް ބަލައި ފާސްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ގަޑިއިރަކަށްވުރެ ގިނަ އިރު ވަންދެން އެތަން ބަލައި ފާސްކޮށްފައިވެ އެވެ. ނަމަވެސް ފުލުހުން އެތަން ދޫކޮށްފައި ދިޔަ އިރު، އެއްވެސް އެއްޗެއް ގެންދިޔަ މަންޒަރެއް ފެނިފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު ހާމަ ކުރެެވެން ނެތް ކަމަށެވެ.

އެ އެޕާޓްމަންޓަކީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިރިއުޅުއްވި އެޕާޓްމަންޓެކެވެ. އެހެން ނަމަވެސް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވި ގޮތުގައި، އަދީބާ ގުޅުންހުރި އެއްވެސް އެޕާޓްމަންޓެއް ރެހެންދި ފްލެޓުގައި ނުހުންނާނެ އެވެ.

comment ކޮމެންޓް