މަޝްހޫރު ދުވުންތެރިޔާ މޯ ފަރާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު ފުރައިފި

މޯ ފަރާ(ކ) އެއާޕޯޓު މުވައްޒަފަކާއެކު---

މަޝްހޫރު ދިގު ދުވުންތެރިޔާ މޯ މަފާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ފުރައިފިއެވެ.

ސޯމާލިއާ އަށް އުފަން މުސްލިމް ދުވުންތެރިޔާ މޯ ފަރާ އަކީ 5000 މީޓަރު އަދި 10،000 މީޓަރުގެ ޓްރެކް ދުވުމުގައި އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ދުވުންތެރިޔެކެވެ.

މައުލޫމާތު ލިބުނު ގޮތުގައި މޯ ފަރާ ރާއްޖެ އައީ އޭނާގެ އަންހެނުންނާ އެކުއެވެ. އަދި ރާއްޖެ އައިސް މަޑުކުރީ ސޮނެވާފުށި ރިސޯޓުގައި ހަފްތާއެއް ހާ ދުވަހުއެވެ.

އުމުރުން 32 އަހަރުގެ ފަރާ އެންމެ ފުރަތަމަ ރަން މެޑެއްޔެއް ހޯދާފައި ވަނީ ދެކުނު ކޮރެއާގެ ޑައެގު ގައި ބޭއްވި ދުނިޔޭގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ގައެވެ. އެއީ 10،000 މީޓަރު ދުވުމުން ރިހި މެޑެއްޔެކެވެ. ހަމަ އެ މުބާރާތުގައި ފަރާ ވަނީ 5000 މީޓަރުގެ ދުވުމުން ރަން މެޑެއްޔެއް ވެސް ހޯދާފައެވެ.

ފަރާ ވަނީ މި އަހަރަށްފަހު ޓްރެކް އިވެންޓުތަކުގައި ދުވުން ހުއްޓާލުމަށް ނިންމައި، ދެން އޭނާ ފެނިގެންދާނީ މެރެތަން ދުވުންތަކުން ކަން އިއުލާން ކޮށްފައެވެ. މިޑަލް ޑިސްޓަންސް އަދި މެރަތަން ދުވުންތަކުގައި ވާދަކުރިޔަސް، ފަރާ ފާހަގަކޮށްލެވެނީ ހިތްވަރާއެކު ކާމިޔާބު ހޯދާ ދުވުންތެރިއެއްގެ ގޮތުގައެވެ.

comment ކޮމެންޓް