19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ބޫޓާން އަތުން ރާއްޖެ ބަލި ވެއްޖެ

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ގައި ބޫޓާން އާ ދެކޮޅަށް ރާއްޖެ ނެރުނު ފުރަތަމަ 11

ބޫޓާންގައި ކުރިއަށް ދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ރާއްޖެ ބަލިވެފައި ވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބޫޓާން އާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން ނެވެ. މި މެޗުގައި ބޫޓާނުން ޖެހި ހަމައެކަނި ގޯލް މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮރްގިޔެން ވަންގްޗުކް އެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލާއި އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ބޫޓާނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް ވަނީ އިންޑިއާގެ މައްޗަށް ކުރި ހޯދާފައެވެ.

މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކުޅެ ތާވަލުގެ އެއްވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

މުބާރާތުގައި އަންނަ ބުދަ ދުވަހު ރާއްޖެ ދެން ބައްދަލުކުރާނީ ބަންގްލަދޭޝްއާއެވެ.

comment ކޮމެންޓް